ޚަބަރު

ކެލާގެ ދަނޑުބިމަށް ކަރަންޓްލުމުގެ ޢަމަލީ މަސައްކަތް ފެށިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒްގެ ރިޔާސީ ވަޢުދުފުޅުގެ ތެރޭގައި ވިދާޅުވި ގޮތަށް ކެލާގެ ދަނޑުބިމަށް ކަރަންޓްލުމުގެ ޢަމަލީ މަސައްކަތް ފެށިއްޖެއެވެ.

ޒަމާނުންސުރެ ކެލާއަކީ ދަނޑުވެރި ރައްޔިތަކު ދިރިއުޅޭ ދަނޑުވެރި ރަށެކެވެ. އެ މަސައްކަތުން ރަނގަޅު ނަފާއެއް ހޯދާ ބަޔަކު އަބަދުވެސް ކެލާގައި ދިރިއުޅެއެވެ. މާލެއާ 190 ވަރަކަށް މޭލު ދުރުގައި ދިރިއުޅެން ޖެހުމުގެ ސަބަބުން ކެލާގެ ދަނޑުވެރިންގެ އުފެއްދުންތައް ގިނަ ޢަދަދަކަށް މާލޭގެ ބާޒާރާ ހިސާބަށް ނުފޯރިއަސް ކެލާގެ އުފެއްދުންތަކަކީ އަދި އެ އުފެއްދުންތަކުގެ ރަހައަކީ މާލެއާ ކައިރި ހިސާބުތަކުން ލިބޭ އާންމު އުފެއްދުންތަކަށް ވުރެ މީރު ރަހަ ލިބޭ އުފެއްދުމެކެވެ.

ކެލާގެ ބިމަކީ ނުވަތަ ފަސްގަނޑަކީ ދަނޑުވެރިކަމުގައި ރާއްޖޭގެ އެންމެ ރަނގަޅު ކަމަށް ފާހަގަކުރެވިފައިވާ މަދު ރަށްރަށުގެ ފަސްގަނޑުގެ ތެރެއިން ފަސްގަނޑެކެވެ. ނަތީޖާއެއްގެ ގޮތުން ބާޒާރުން މިއަދުވެސް ގަންނަން ލިބޭ އެންމެ އަގު ބޮޑު އޮޅުއަލަކީ ކެލާ އޮޅުއަލަކަން ފާހަގަކޮށްލަން ޖެހެއެވެ.

ކެލާގެ ދަނޑުބިމަށް ކަރަންޓް ލުމަކީ ކެލާގެ ދަނޑުވެރިން ކުރަމުންދާ މަސައްކަތަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. ގަސްހެއްދުމަށް އިތުރު ފަހިކަން އަންނާނެ ކަމެކެވެ. އޭގެ ސަބަބުން ބާޒާރަށް ނެރެވޭ ތަކެތީގެ ޢަދަދު އިތުރުވެ ގިނަ ބާވަތް އުފެއްދުމަށް ފުރުޞަތު ލިބޭނެ ކަމެކެވެ. މިހާރު ވެސް ކެލާއަކީ ދަނޑުވެރިކަމުގެ އެންމެ ގިނަ ވެރައިޓީތައް އެއް ރަށަކުން ރާއްޖޭން ލިބޭނެ ރަށެވެ.

ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތައް ޙަޤީޤަތަކަށް ވަމުންދާތަން ފެންނަމުން ދިޔުމަކީ ކެލާގެ ރައްޔިތުން އެ ކަމަށް ޓަކައި ނުހަނު ބޮޑަށް އުފާކުރާ ކަމެކެވެ. ކައިރި ތާރީޚެއްގައި ކެލާގެ ފަޅުތެރޭގައި ހަދާ ރިސޯޓްތައް ފެނިގެން ދިޔުމަށް ވެސް އެ ރައްޔިތުން ތިބީ އެދިއެދިއެވެ.   

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Check Also
Close
Back to top button