ދީން

140 ވަނަ ފިލާވަޅު ■ ރޯދަ ފާސިދުވާ ކަންތައްތައް (ރޯދަ ބާޠިލްވާ ކަންތައްތައް) (ދެވަނަ ބައި) 

7)އާދައިކައިދައިގެ ގޮތުން އާއްމުކޮށް ކައި ނުއުޅޭ ތަކެތި :: މިޘާލު : (1)ދިރުހަމެއް ނުވަތަ (2) ކުޑަ ގާކޮޅެއް ނުވަތަ (3) ވިނަކޮޅެއް ނުވަތަ (4)ދަގަނޑުކޮޅެއް ނުވަތަ (5) ރޮދިފަށެއް ނުވަތަ އެފަދަ އެފަަދަ އެހެންވެސް އެއްޗެއް :: ދިރުވާލައިފިނަމަ ރޯދަ ޤެއްލޭނެއެވެ. ■ 4 މަޛްހަބު ، ކުރިޔާއި ފަހުގެ ސަލަފުންގެ ގިނަ ބޭކަލުން

(8)ދުންފަތުގެ އިސްތިއުމާލުކޮށްފިނަމަ (ސިގިރޭޓު ، ގުޑުގުޑާ ، ބިޑި، ސުއްޓާ….) ރޯދަ ޤެއްލޭނެއެވެ■ 4 މަޛްހަބު

(9)އިރު އޮއްސުނުކަމަށް ހީކޮށް ވާޖިބު ރޯދައެއްގައި (ރަމަޟާންމަހު ރޯދަ ، ނަދުރު ރޯދަ ، ކައްފާރާ ރޯދަ ، ޤަޟާ ރޯދަ) ރޯދަ ވީއްލިފަހުން އަދި އިރު ނުއޮއްސޭކަން އެނގިއްޖެނަމަ  ފަހެ އެވަޤުތުން ފެށިގެން ރޯދަ ޤެއްލޭކަންތައްތަކުން ދުރުހެލިވެ ހުންނަންޖެހޭނެއެވެ. ■ 4 މަޛްހަބު

(10)އިރު އޮއްސުނުކަމަށް ހީކޮށް ( ވާޖިބު ރޯދައެއްގައި )ރޯދަ ވީއްލައިފިނަމަ :: އެދުވަހުގެ ބަދަލުގައި އެހެން ދުވަހެއްގައ އެރޯދަަ ޤަޟާކުރަންޖެހޭނެކަމާއިމެދު ޢިލްމުވެރިންގެ 2 ބަސްފުޅަކަށް ޚިލާފު އެުފެދިފަައިވެއެވެ.

(1)އިރު އޮއްސުނުކަމަށް ހީކޮށް ( ވާޖިބު ރޯދައެއްގައި )ރޯދަ ވީއްލައިފިނަމަ :: އެދުވަހުގެ ބަދަލުގައި  އެހެން ދުވަހެއްގައި އެރޯދަ ޤަޟާކުރަންޖެހޭނެއެވެ ■ 4 މަޛްހަބު

(2)އިރު އޮއްސުނުކަމަށް ހީކޮށް (ވާޖިބު ރޯދައެއްގައި)ރޯދަ ވީއްލައިފިނަމަ :: އެދުވަހުގެ ބަދަލުގައި  އެހެން ދުވަހެއްގައި އެރޯދަ ޤަޟާކުރަންނުޖެހޭނެއެވެ ■ ސަލަފުންގެ ބައެއް ބޭފުޅުން ، އިބްނު ތައިމިއްޔާ ، އިބްނުލް ޤައްޔިމް ، އިބްނު ޢުޘައިމީން

(11)އިރު އޮއްސިއްޖެކަން ޝައްކުވެފައިވާ ހާލަތުގައި އަދި އެއަށްފަހު(1)  އިރުއޮއްސިއްޖެތޯ ނުވަތަ ނޫންތޯ ޔަޤީންކޮށް ނޭނގޭ ހާލު (2) ނުވަތަ އިރުނުއޮއްސޭކަން އެނގޭ ހާލު:: (މި 2 ހާލަތުގައި) ކައިފިނަމަ ނުވަތަ ބޮއިފިނަމަ ●އެއިންސާނާ ފާފަވެރިވާނެއެވެ. ● އަދި ފަހުން އެދުވަހުގެ ބަދަލުގައި އެހެންދުވަހަކު ރޯދަ ހިފަންޖެހޭނެއެވެ ● 4 މަޛްހަބު

(12) ރޭގަނޑު ކަމަށް ހީކޮށް (ދެވަނަ ފަޖުރު ނުލާ ކަމަށް ހީކޮށް)  ހާރު ކެއިފަހުން، ދެވަނަ ފަޖުރު (ފަޖުރުއް ޞާދިޤު)ގެ ވަޤުތު ވަދެފައިވާކަން އެނގިއްޖެނަމަ : މިހާލަތުގައި އެރޯދަ ފަހުން  ޤަޟާކުރަންޖެހޭނެތޯ ޢިލްމުވެރިންގެ މެދުގަައި ޚިލާފުއުފެދިފައިވެއެވެ.

(1)އެރޯދަ ޞަައްޙަވެގެންވެއެވެ.ފަހުން ޤަޟާކުރާކަށްނުޖެހެއެވެ. ■ ސަލަފުންގެ ބައެއް ބޭފުޅުން ، އިބްނު ތައިމިއްޔާ ، އިބްނު ޢުޘައިމީން 

(2)އެރޯދަ ޞަައްޙަވެގެންނުވެއެވެ.ފަހުން އެރޯދަ ޤަޟާކުރާކަށްޖެހޭނެއެވެ ■ 4 މަޛްހަބު

)މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން(

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button