138 ވަނަ ފިލާވަޅު■■ ރޯދައިގެ ޝަރުޠުތައް (ޝަރުޠުތަކަކީ ރޯދަ ހިފުމުގެ ކުރިން އެފަރާތެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ކަންތައްތަކެވެ.) ■■
(7) ނިޔަތް ގަތުން (ހިތުން ޤަސްދުކުރުން ރޯދަ ހިފުމަށް) (ދެވަނަ ބައި)
■(6)ވާޖިބު ރޯދައަށް މާދަމާ ތިމަންނަ ރޯދައަށް ހުންނާނީތޯ ނުވަތަ ނޫންތޯ މިގޮތަށްް ދެހިޔާލެއްގައި ހުރެފައި އަނެއްދުވަހުގެ (ރޯދައަށް ހުރުމަށް ހަމަޖެހިފައިވާ ދުވަހުގެ) ފަތިސްވުމާއި ހަމައަށް ހުރެފައި (އެބަހީ : ފަތިސްް ވަޤުތު ވަންއިރުވެސްވަނީ 2 ޚިޔާލެއްގައެވެ.) ދެން އެއަށްފަހު ރޯދަހިފިއެވެ. ފަހެ އެރޯދަ ޞައްޙަވެގެންނުވެއެވެ.އެދަވަހުގެ ބަދަލުގައި އެހެން ދުވަހެއްގައި ޤަޟާކުރަންޖެހޭނެއެވެ :■ ޖުމްހޫރު
■ (7)މާދަން ރަމަޟާންމަހު ރޯދަވެއްޖެނަމަ ތިމަން ހުންނާނީ ރޯދައަށެވެ. ދެން އެއަށްފަހު (މިޟާލު : ހެނދުނުވީއިރު) ރަމަޟާންމަސްކަން އެނގުނެވެ. ފަހެ އެއިންްސާނާގެ ރޯދަ (މިހާލަތުގައި) ޞައްޙަވެގެންވެއެވެ.■ އަޙުމަދުގެ ރިވާޔަތެއް ، އިބްނު ތައިމއްޔާ ، އިބްނު ޢުޘައިމީން
■(8)ރަމަޟާންމަހު ރޯދައަށް ހުރުމަށްފަހު އެރޯދަ މެދުކަނޑާލަން ޤަސްދުކޮށްފިނަމަ ފަހެ އެހާރުން (1) އެރޯދަ ޞައްޙަވެގެންނުވެއެވެ.(2) އަދި އެރޯދަ ފަހުން އެހެން ދުވަހެއްގައި ޤަޟާކުރަންޖެހޭނެއެވެ. (3) އަދި އެދުވަހުގެ ބާކީ ބައިގައި ރޯދަ ޤެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަންޖެހޭނެއެވެ. ● އެހެންނަމަވެސް ޝަރުޢީ އުޛުރަކާއި ލައިގެން ރޯދަ ދޫކޮށްލުން ހުއްދަ ފަރާތަކަށް : މިޝާލު : ބަލި ބޭފުޅެއް ، ދަތުރުވެރިޔެއް :: (1) ފަގެ އެބޭފުޅާއަށްވަނީ އެރޯދަ ފަހުން އެހެން ދުވަހެއްގައި ޤަޟާކުރުމެވެ. ■ މާލިކީންގެ ބަސްފުޅެއް ، ޙަންބަލީން ، އިބްނު ޢުޘައިމީން
■(9)ރޯދައަށް ހުރެފައި ދެން ތިމަންނަ ރޯދަ ކުރިޔަށް ގެންދާނީތޯ ނުވަތަ ނޫންތޯ މިފަދައިން 2 ހިޔާލެއްގައި ހުރުމުން އަދި ރޯދަ ބާޠިލެއްނުވާނެއެވެ.ވަކި ގޮތެއް ޔަޤީންކޮށް ކަށަވަރުނުކުރާނަމަ (ރޯދަ ކުރިޔަށް ގެންދާނީތޯ ނުވަތަ ނޫންތޯ) ރޯދަ ޞައްޙަވާނެއެވެ : ■ ޖުމްހޫރު
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم