ޚަބަރު

ކެލާއާއި މުރައިދޫ ބައްދަލުކުރި މެޗު މޫސުން ގޯސްވުމުގެ ސަބަބުން ހުއްޓާލައިފި

ތިލައުތުރު ވޮލީ މުބާރާތް 2024 ގައި މިރޭ ކުޅެން ފެށި ކެލާއާއި، މުރައިދޫ މެޗް، މޫސުން ގޯސްވުމުގެ ސަބަބުން ހުއްޓާލައިފިއެވެ.

މިރޭ 8.00 ގައި ކުޅެން ފެށި މެޗް ފުރަތަމަ ސެޓަށް ފަހު ނިންމާލީ ބޯކޮށް ވާރޭވެހި ކޯޓުގައި ފެންބޮޑުވުމުގެ ސަބަބުންމެވެ. މި މެޗް ވާރޭގެ ސަބަބުން މެދުކަނޑާލި އިރު 1 ސެޓް ވަނީ ކުޅެފައެވެ. އެ ސެޓް 25 ޕޮއިންޓް 10 ޕޮއިންޓުން ކާމިޔާބުކުރީ މުރައިދޫ ޓީމެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މެދުކަނޑާލި މި މެޗް، އަލުން ކުޅުމަށް މިހާރު ތާވަލުކުރެވިފައި ވަނީ މާދަމާ ހަވީރު 4.00 ގައެވެ. ކެލާއަށް މުބާރާތުގައި އިތުރަށް ކުރިޔަށް ދެވޭކަން ކަށަވަރު ވާނީ މާދަމާ މުރައިދޫއާއެކު ކުޅޭ މެޗަށް ފަހުގައެވެ.

ކެލާ ހިމެނޭ ގްރޫޕުން މިހައި ތަނަށް ސެމީ ފައިނަލް ޔަޤީންވެފައި ވަނީ މުބާރާތް ބާއްވާ ރަށް ކަމުގައިވާ މުރައިދޫއަށް އެކަންޏެވެ. ގުރޫޕް 2 އިން ސެމީގެ ޖާގަ ލިބިފައި ވަނީ 6 ޕޮއިންޓާއެކު ގުރޫޕްގެ 1 ވަނަގައި އޮތް އިހަވަންދޫއަށާއި، 3 ޕޮއިންޓާއެކު އޮތް ބާރަށު ޓީމަށެވެ.  

ތިލައުތުރު ވޮލީ މުބާރާތް 2024 އަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އަތޮޅުގެ ރަށްތަކަށް ހުޅުވައިލައިގެން ބާއްވަމުން އަންނަ މުބާރަތެކެވެ. މި އަހަރުގެ މުބާރާތުގައި އަތޮޅުގެ 7 ރަށަކުން ބައިވެރިވެފައި ވެއެވެ. މި އަހަރުގެ މުބާރާތް ހޯސްޓްކުރަނީ މުރައިދޫއިންނެވެ.  

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button