136ވަނަ ފިލާވަޅު■■ ރޯދައިގެ ޝަރުޠުތައް (ޝަރުޠުތަކަކީ ރޯދަ ހިފުމުގެ ކުރިން އެފަރާތެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ކަންތައްތަކެވެ.) ■■
(5)■ޙައިޟުވެރިކަމާއި ނިފާސްވެރިކަމުން ޠާހިރުވުން■
■(1)ރޯދަ ވާޖިބުވެގެންވަނީ. ޙައިޟާއި ނިފާސްވެރިކަމުން ޠާހިރުވެފައިވާ އަންހެނާއަށެވެ.(އެބަހީ : ޙައިޟާއި ނިފާސްގެ ލޭ އަންނަ ދުވަސްވަރު އަންހެނާއަށް ރޯދަ ވާޖިބުވެގެންނުވެެއެވެ.) : ■މުސްލިމުންގެ އިއްތިފާޤު《《■ފަޖުރުގެ ކުރިން ފަތިސް ނަމާދު ވަޤުތުގެ ކުރިން (ފަތިސް ބަންޤީގެ ކުރިން) ޙައިޟުވެރިޔާ ޠާހިރުވެއްޖެނަމަ ، ރޯދަހިފުން ވާޖިބުވެގެންވެއެވެ. އެއީ ހިނައިގަތުން ފަޖުރުގެ ވަޤުތުގެ ފަހަށް ލަަސްކުރިކަމުގައިވީނަމަވެސްމެއެވެ.》》
■(2)ޙައިޟުވެރިޔާ އަދި ނިފާސްވެރިޔާ ރޯދަހިފުން ޙަރާމްވެގެންވެއެެވެ. (ފަރުޟު އަދި ސުންނަތް ރޯދަ ވެސް) އަދި އެރޯދަހިފިޔަސް އެރޯދަ ޞައްޙަވެގެންނުވެއެވެ. އަދި ޙައިޟުވެރިކަމާއި ނިފާސްވެރިކަމުގެ ހާލަތުގައި ގެއްލޭ ރޯދަ ފަހުން ޤަޟާކުރަންޖެހޭނެއެވެ :■ މުސްލިމުންގެ އިއްތިފާޤު (މިހުރިހާ ކަމަަކަށް ނުވަތަ މިތަނުން ބައެއް ކަންތައްތަކަށް ނަޤުލްކުރެވިފައިވެއެވެ.)
■ (3)ރޯދަަމަހުގެ ދުވާލުގެ ވަޤުތުގައި ޙައިޟުން އަދި ނިފާސްވެރިކަމުން ޠާހިރުވެއްޖެނަމަ އެދުވަހުގެ ދުވާލުގެ ބާކީ ބައިގައި ރޯދަ ޤެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަންޖެހޭނެތޯ ؟ މިކަމާއިމެދުގައި ޢިލްމުވެރިން ޚިލާފުވެފައިވެއެވެ.
(1) އެ ދުވަހުގެ ބާކީ ބައިގައި ރޯދަ ޤެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނާކަށް ނުޖެހޭނެއެވެ■ މާލިކީންގެ ބަސްފުޅެއް، ޝާފިޢީން، އަޙުމަދުގެ ރިވާޔަތެއް، އިބްނު ޙަޒުމް، އިބްނު ޢުޘައިމީން (ރަޙިމަހުމު ﷲ)
(2)އެދުވަހުގެ ބާކީ ބައިގައި ރޯދަ ޤެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަންޖެހޭނެއެވެ.■ ޙަނަފީންގެ ބަސްފުޅު ، ޙަންބަލީ މަޛްހަބުގެ ޞައްޙަ ގޮތް ، އިބްނު ބާޒު. (ރަޙިމަހުމު ﷲ)
■ (4)ޙައިޟުވެރިޔާއަށް ރޯދަމަހުގެ ރޯދަތައް އެއްކޮށް ހިފުމަށްޓަކައި ނުވަތަ އެހެންވެސް ވަޤުތުތަކުގައި )މިޝާލު :ޙައްޖުގެ ދުވަސްތަކުގައި މީސްތަކުންނާއި އެއްކޮށް ޠަވާފުކުރުން) ޙައިޟުގެ (ލޭ އަންނަ) ވަޤުތު ފަސްކުރުމަށްޓަކައި ހުއްދަ ބޭސް ، އެބޭހުން ޤެއްލުމެއްނުލިބޭނަމަ ބޭނުންކުރެވިދާނެއެވެ : ■ ޙަންބަލީ މަޛްހަބުގެ ފިޤްހު ޢިލްމުވެރިން ، އިބްނު ބާޒު (ސައުދީ ޢަރަބިޔާގެ ކުރީގެ މުފްތީ)
އިބްނު ޢުޘައިމީން (ރަޙިމަހު ﷲ) ބަޔާންކުރައްވާކުރައްވާ ގޮތުގައި އެފަދަ ބޭސްތަކުން އަންހެނާއަށް ޤެއްލުންވާނެއެވެ. އެހެންކަމުން ޙައިޟުގެ ދައުރު (ސްކުރުމަށް ރޯދަމަސް އަދި އެހެން ދުވަސްތަކެއްގައި އެފަދަ ބޭސް ބޭނުންނުކުރެވޭނެއެވެ)
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم