ޚަބަރު

ހެލްޕް ޑެސްކުގެ ޚިދުމަތް ފައްޓައިފި

ސަރުކާރުގެ އޮފީސްތަކާއި، ކުންފުނި އަދި އަމިއްލަ އެކިއެކި މުއައްސަސާތަކުން ޚިދުމަތް ހޯދުމަށް އޮންލައިންކޮށް ހުށަހަޅަން ޖެހޭ ފޯމުތައް ފުރައިދީ، ސިޓީބިޓީ ފަދަ ލިޔުންތައް ލިޔެދީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ޙައްލުކޮށްދިނުމަށް، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން ހެލްޕް ޑެސްކެއް ޤާއިމްކޮށް،  ޚާއްޞަ ފޯން ނަންބަރެއް ހަމަޖައްސައިފިއެވެ. 

މި ކަމާ ގުޅޭ ގޮތުން ކެލާ ކައުންސިލުން ކުރެއްވި  ފޭސްބުކް ޕޯސްޓްގައިވާ ގޮތުގައި، މި ޑެސްކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެ ފަދަ ރަސްމީ ޑޮކިޔުމަންޓްތައް ލިޔެ، ތައްޔާރުކޮށްދިނުމުގެ އިތުރުން، ޕޯޓަލް މެދުވެރިކޮށް އެ ފަދަ ޑޮކިޔުމަންޓްތައް ފޮނުވައިދިނުމުގެ ޚިދުމަތް ވެސް ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްޔިތުންނާ ގާތުން ޚިދުމަތް ލިބޭނެ ގޮތް ފަހިކޮށް ދެއްވުމަކީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޚާއްޞަ އިސްކަމެއް ދެއްވައިގެން މި ސަރުކާރުން ކުރައްވަމުން އަންނަ ކަމެކެވެ. 

އެ ޚިދުމަތްތައް ގާތުން ލިބިގަތުން ފަހިކޮށް ދެއްވުމަށް ޓަކައި، ކެލާ ކައުންސިލުން ހެލްޕް ޑެސްކެއް ޤާއިމުކުރުމަކީ ކެލާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު  ހިތްހަމަޖެހުމެކެވެ. އަދިހަމަ އެހައިމެ ބޮޑު ލުއި ފަސޭހައެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button