132ވަނަފިލާވަޅު■■ރޯދައިގެޝަރުޠުތައް (ޝަރުޠުތަކަކީ ރޯދަހިފުމުގެ ކުރިން އެ ފަރާތެއްގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭ ކަންތައްތަކެވެ.)
ބާލިޢުވުން ■ (ފިރިހެން ކުއްޖެއްނަމަ އަންނަނިވި 3 ކަމުގެ ތެރެއިން ކޮންމެ ކަމެއް މެދުވެރިވިޔަސް ބާލިޢުވީ ކަމުގައި ބަލާނެއެވެ. ●(1) ނިދީގައި ނުވަތަ އެހެންވެސް ގޮތަކުން މަނި ބޭރުވުން ●(2) ކުރިމަތި ފަރާތުގައި ވަރުގަދަ އިސްތަށި ފެޅުން …●(3) 15 އަހަރު ފުރުން …އަންހެން ކުއްޖެއްނަމަ މަތީގައި ބަޔާންކުރެވިފައިވާ 3 ކަމުގެ އިތުރުން ● ޙައިޟުގެ ލޭ އައުން. (މަޖާލިސް ޝަހްރު ރަމަޟާން، އިބްނު ޢުޘައިމީން (ރަޙިމަހު ﷲ))
(1)ރޯދަ ވާޖިބުވުމުގައި :: ބާލިޢުވެފަައިވާ ފަރާތަކަށްވުން ޝަރުޠުވެގެންވެއެވެ.(އެބަހީ : ރޯދަވާނީ ބާލިޢުވެފައިވާ ފަރާތަކަށެވެ.ބާލިޢުނުވާ ކުޑަ ކުއްޖަކަށް ރޯދަ ވާޖިބުވެގެންނުވެއެވެ) : މުސްލިމުންގެ އިއްތިފާޤު
(2)ބާލިޢުވުމުގެ ކުރިން ނުހިފި ޤެއްލިފައިވާ ރޯދަތައް :: ޤަޟާކުރުން (ޤެއްލިފައިވާ އެރޯދަތައް ހިފުން ބާލިޢުވުމުގެ ކުރިން) ވާޖިބުވެގެންނުވެއެވެ : މުސްލިމުންގެ އިއްތިފާޤު.
(3)(ބާލިޢުވެފަައިވާ ނުވާ) ކުޑަކުއްޖާއަށް ، އެކުއްޖާއަށް ޤެއްލުމެއް ނުލިބި ރޯދަހިފުން ކުޅަދާނަކަން ލިބިގެންވާނަމަ ، އެކުއްޖާގެ ވަލީވެރިޔާއަށް (މަންމަ، ބައްޕަ ،….) އެކުއްޖާއަށް ރޯދަހިފުމަށް އެނގިދާނެއެވެ. އެއީ އެކުއްޖާ (ރޯދަހިފުމަށް) ހޭނި ތަމްރީންުވުމަށްޓަކައެވެ : ޖުމްހޫރު
(4)ރޯދަމަހުގެ ތެރޭގަައި ކުޑަކުއްޖާ ބާލިޢުވެއްޖެނަމަ ، އެކުއްޖާ ރޯދަމަހުގެ ބާކީ އޮތް ދުވަސްތައް ރޯދަހިފުން ވާޖިބުވެގެންވެއެވެ. އަދި ބާލިޢުވުމުގެ ކުރިން ރޯދަމަހުގައި ( ކުރީކޮޅު ނުހިފިވާ ރޯދަތައް ) ޤަޟާކުރާކަށް ނުޖެހޭނެއެވެ.އެއީ ބާލިޢުވުމުގެ ކުރިން އެދުވަސްތަކުގައި ރޯދަހިފާފައިވިޔަސް ނުވަތަ ރޯދަ ދޫކޮށްލާފައިވިޔަސް :: ބާލިޢުވުމުގެ ކުރިން ރޯދަމަހުގައި ނުހިފިވާ ރޯދަތައް ޤަޟާކުރާކަށް ނުޖެހޭނެއެވެ ■ 4 މަޛްހަބު ، ގިނަ ޢިލްމުވެރިން
(5)ރޯދަމަހުގެ ދުވާލުގައި ވަޤުތުގައި : ރޯދަ ދޫކޮށްލައިފައިވަނިކޮށް ކުޑަކުއްޖާ ބާލިޢުވެއްޖެނަމަ ފަހެ އެދުވަހުގެ ބާކީ ބައިގައި ރޯދަހިފުން ވާޖިބުވެގެންވެއެވެ( އެބަހީ : ރޯދ ޤެއްލޭ ކަންތައްތަކުން ބާކީ ދުވަހު ދުރުހެލިވެ ހުންނަންޖެހޭނެއެވެ.) އަދި އެދުވަހުގެ ރޯދަ ފަހުން ޤަޟާކުރާކަށް ނުޖެހޭނެއެވެ. ■ މަޛްހަބު ޙަނަފީ ، އަޙުމަދުގެ ރިވާޔަތެއް ، އިބްނު ތައިމިއްޔާ ، އިބްނު ޢުޘައިމީން
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم