ޚަބަރު

ބޭސިކް ހޭންޑް ބޯލް ކޯޗިންގ ކޯހެއް ފައްޓައިފި

ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސްއާއި، ހޭންޑް ބޯލް އެސޯސިއޭޝަނާ ގުޅިގެން ކެލާ ޔޫތު ފޯރަމުން ހިންގާ ބޭސިކް ހޭންޑް ބޯލް ކޯޗިންގ ކޯހެއް ކެލާގައި ފައްޓައިފިއެވެ.

މި މަހުގެ 6 ވަނަ ދުވަހު ފެށުނު މި ބޭސިކް ހޭންޑް ބޯލް ކޯޗިންގ ކޯސް، މި ހިނގާ އޮކްޓޯބަރ މަހުގެ 16 ގެ ނިއަލަށް ކުރިޔަށް ދާނެއެވެ. މި ކޯހުގައި ކެލާ، ދިއްދޫ، ފިއްލަދޫ، ބާރަށް އަދި އިހަވަންދޫއިން 31 މީހަކު ބައިވެރިވެފައި ވެއެވެ. ދިހަ ދުވަހުގެ މުއްދަތަށް ކެލާގައި ކުރިޔަށްދާ މި ކޯހުގައި ކިޔަވައިދެއްވަނީ ހޭންޑް ބޯލްގެ ތަމްރީނު ލިބިފައިވާ ރާއްޖޭގެ ހުނަރުވެރި އިންސްޓްރަކްޓަރުންނެވެ.

ހޭންޑް ބޯލްގެ ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ ގްރާސް ރޫޓް މަސައްކަތްތަކެއް މިހާރުވެސް ހިންގަމުންދާ ކެލާގައި ކުރިޔަށް ގެންދާ މި ކޯހުގެ ސަބަބުން ހއ. އަތޮޅުގައި ހޭންޑް ބޯލްގެ ޙަރަކާތްތައް މިހާރަށް ވުރެ އިތުރަށް ފުޅައިވެގެން ދާނެއެވެ. މިއީ ކެލާގައި ހިންގާ މި ފަދަ ފުރަތަމަ ކޯހަށް ވިއަސް، ކައިރި ތާރީޚެއްގައި ހޭންޑް ބޯލް ކޯޗިންގ ސެޓްފިކެޓް ލެވެލްގެ ކޯސްތައް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސްއާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ކެލާ ޔޫތު ފޯރަމުން މިހާރު ވެސް އަންނަނީ ވިސްނަމުންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button