ބަސްތޫރަ

ބަސްތޫރަ – ދިވެހިލިބާސް

ލަފުޒުމާނަ
ކަސަބު1. ރަން ނުވަތަ ރިހި ކުލައިގެ ރޮއްޖެއް. މި ހަދައިފައި ހުންނަނީ ރޮދީގައި ރިހި ފަތް ނުވަތަ ލޯފަތް އޮޅައިގެންނެވެ. 2. ފުރާދުއްވާ އެއްޗެތީގެ ބައްތި ދިއްލާ ބަނޑޭރި
ބޯވަޅު1. އަންހެނުންގެ އާދައިގެ ދިވެހި ލިބާހު ކަރުވަޅުގެ ކައިރީގައި އަޅައިފައި ހުންނަ ހިރުތަކަކާއި ޖަހައިފައި ހުންނަ ބަގިޔާތައް. މީގައި ކަސަބާއި ބާދަލަޔާއި ފަށުވިއާއި، އުއިބޭނުންކުރެއެވެ. 2. އަންހެނުންގެ ހެދުމުގެ ކަރުގައި ވަށައިގެން ގޮތްގޮތަށް އަޅައިފައި ހުންނަ ފޮތިކޮޅު
ބަގިޔާ1. ދިވެހި ލިބާހުގެ ބޯވަޅު އަޅައި އިރު އަނބުރާ ހަރުކޮށްފައި އޮންނަ ރޮއްޖަކުން ދެ ހިރު ދޭތެރޭގައި ފިތިފައި ހުންނަ ގޮތަށް ޖަހައި މަޅިތަކެއް. 2. ދިވެހިލިބާހުގެ ބޯވަޅު އަޅައި އިރު ޖަހައިފައި ހުންނަ ބަގިޔާގެ ބަދަލުގައި އެޅުމަށް ކަސަބާއި ފަށުވިން ނުވަތަ ބަރަނިން ތަފާތު ކުރެހުމެއް ގަތައިފައި ހުންނަ އެއްޗެއް.
ބާދަލާހަނިކޮށް ތުނިކޮށް ދިގުކޮށް ރިހީގައި ނުވަތަ ލޮއިގައި ހުންނަ ފަށެއް  
ހިރު1. އަނގައިގެ ދަތްތައް ހިފެހެއްޓުމަށް ހުންނަ މަސް 2. އެއްޗެހި ޒީނަތްތެރި ކުޅައުމަށް  ނުވަތަ ކުރެހުމުގައި ބޮޑުކޮށް ފާޅުކޮށް ހުންނަ ކޮންމެ ކުލައެއްގެ ނުވަތަ ރޮނގެއްގެ ކައިރީގައި އެހެން ކުލައަކުން ދަމާ ހިމަ ރޮނގު 3. ބޯވަޅުގައި ހަރުކުރާން ކަސަބުން ނުވަތަ ބަރަނިން ހަނިކޮށް ފަތިކޮށް ގަތާ ފަށް

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Check Also
Close
Back to top button