- ރޯދައިގެ މަތިވެރި އެތައް ކަންތައްތަކެއް ހިމެނޭކަން : ކީރިތި ޤުރްއާނާއި ، ރަސޫލާ ( ޞައްލަ ﷲ ޢަލައިހި ވަސައްލަމް) ގެ ސުންނަތުން ޘާބިތުވެއެވެ.: އޭގެތެރެއިން
- (1) ރޯދަ ، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޒާތުފުޅަށް ނިސްބިތްކުރެއްވުން : މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުދުސީ ޙަދީޘްފުޅެއްގައި ވަޙީކުރައްވާފައިވެއެވެ.” الصوم لي وأنا أجزي به ” ރޯދަވަނީ ތިމަން ﷲ އަށެެވެ. ރޯދައިގެ ޖަޒާ ދެއްވާނީ ހުދު ތިމަން ﷲ އީމެވެ.”
- (2) ރޯދައިގައި ، ކެތްތެރިކަމުގެ 3 ބައި ހިމެނިގެންވުން. ((1) ހެޔޮކަންކަންކުރުމަށް ކެތްތެރިވުން، (2) ނުބައިކަންތައްތަކުން ދުރުހެލިވުމަށް ކެތްތެރިވުން (3) ޤަޟާ ޤަދަރަށް ( އިމްތިޙާނުތަކަށް ކެތްތެރިވުން ))
- ރޯދަ އޭގެ އަހުލުވެރިޔާއަށް ޤިޔާމަތްދުވަހު ޝަފާޢަތްތެރިވުން.
- (4) ރޯދައަކީ އެޢަމަލެއްގެ ސަބަބުން ރޯދަހިފާ މީހާއަށް ● މަޢްފިރަތާއި ( ފާފަ ފުއްސެވުން) އަދި ● ބޮޑުވެގެންވާ އަޖުރު ލިބިގެންވާ ޢަމަލެއްކަމަށް: މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޢުދުކުރެއްވުން
- (5) އިންސާނާގެ ފާފަތަކުގެ ކައްފާރާއަކަށް ރޯދަވުން
- (6) ރޯދައަކީ އަށްޑަނެކެވެ.( ޝަހްވަތްތްކުން ދުރުކޮށްދޭ) އަދި ނަރަކައިން ސަލާމަތްކޮށްދޭ ޢަމަލެކެވެ.
- (7) ގިނައިން ރޯދަހިފުމަކީ ސުވަރުގެއަށް ވަދެވުމަށްވާ ސަބަބެކެވެ.
- (8) ރޯދަވެރިޔާގެ އަނގައިން ( ވަސް ތަޢައްޔަރުވުމުން ) ދުވާ ވަހަކީ ، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި، ގޮމަ ކަސްތޫރި ވަހަށްވުރެން މީރުވަހެކެވެ.
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم