ހޫނު ޚަބަރުޚަބަރު

އެކަޑަމީ ހޭންޑްބޯޅަ މުބާރާތް މި މަހު ބާއްވަނީ

ކެލާ ޔޫތު ފޯރަމް ސްޕޯރޓްސް އެކަޑަމީގެ ހޭންޑްބޯޅަ މުބާރާތް މި ހިނގާ، އޮކްޓޯބަރު މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ކެލާ ޔޫތު ފޯރަމްގެ ރައީސް އިބްރާހީމް ޢާމިރު ޢުޘްމާން ވިދާޅުވެއްޖެއެވެ.

މިއީ  ކޭވައިފް ސްޕޯރޓްސް އެކަޑަމީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރާނީ އެ އެކަޑަމީގެ ޓީމުތަކެވެ.

ހޭންޑްބޯޅައަށް ޝައުޤުވެރި އަދި ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް އެ އެކަޑަމީން ހިންގާ ޕްރޮގުރާމުގައި ބައިވެރިވާ ދަތިވަރުންނަށް ވާދަވެރި މެޗުތައް ކުޅުމުގެ ފުރުޞަތު އެކި ގޮތްގޮތުން އެ އެކަޑަމީން އަންނަނީ ހޯއްދަވައި ދެއްވަމުންނެވެ.

މި އަހަރުގެ މުބާރާތުގައި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ޓީމު ހޮވުމުގެ އިތުރުން މޮޅު ކުޅުންތެރިން ނުވަތަ ގުރީން ޓީމު ހޮވުމަށް ވެސް ހަމަޖެހިފައި ވެއެވެ. މުބާރާތުގައި ވާދަކުރާ އެންމެހައި ދަރިވަރުންނަށް ވެސް ގޯލްޑް މެޑަލް ލިބޭ،  މި މުބާރާތް ބޭއްވުމުގެ އެންމެހައި އިންތިޒާމުތައް އެ އެކަޑަމީން އަންނަނީ ދުރާލާ ކުރައްވަމުންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

Leave a Reply

Your email address will not be published. Required fields are marked *

Back to top button