ޚަބަރު

ކެލާގެ ދެ މިސްކިތުގައި ވެސް އިއްޔެ ހުކުރުކުރެއްވީ ޒުވާން ޚަޠީބުން

2026 ސެޕްޓެންބަރު 4 ވަނަ ދު ވަހު އިއްޔެ ކެލާގެ ދެ މިސްކިތް ކަމުގައިވާ މަސްޖިދުލް އަންޞާރާއި، މަސްޖިދުލް ޣުފްރާނުގައި އިމާމުވެ ހުކުރުކުރެއްވީ ޒުވާން ޚަޠީބުންނެވެ.

ޒުވާން ޚަޠީބުން ތަމްރީނުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމުގެ 5 ވަނަ ބުރު ނިންމާ، ހުސްވި އޯގަސްޓު މަހު ސަނަދު ޙާޞިލްކުރި ޒުވާން ޚަޠީބު އިބްރާހީމް މަލީކު ހުކުރުކުރެއްވީ މަސްޖިދުލް ޣުފްރާނުގައެވެ. މުޙައްމަދު އަޝްޖަޢު އަޤްލަފް ހުކުރުކުރެއްވީ މަސްޖިދުލް އަންޞާރުގައެވެ.

ޒުވާން ޚަޠީބުން ހުކުރުކުރެއްވުމަކީ މީގެ 900 އެއްހާ އަހަރު ކުރީންފެށިގެން ހިނގަމުން އަންނަ އިސްލާމީ ދިވެހި  ޙަޟާރަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. ޚާއްޞަ ގޮތެއްގައި ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއްގެ ތެރޭން ޚަޠީބުން އުފެދުމަކީ މުޅި އިސްލާމީ ދިވެހި އުންމަތަށް ވެސް ލިބުނު ރޯޝަން ކަމެކެވެ. ކެލައަށް ވެސް އިއްޔެއަކީ ތާރީޚީ ދުވަހެކެވެ.

ޒުވާން ޚަޠީބުން އުފެއްދުމަކީ ރައީސުލްހުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ ވަރަށް މުހިންމު މަސައްކަތެކެވެ. ޒުވާން ޚަޠީބުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގުރާމުގެ ތެރޭން 700 ޚަޠީބުން ތަމްރީންކުރެވިއްޖެ ކަމުގައި އިސްލާމިކް މިނިސްޓްރީން ދާދި ފަހުން ހާމަކުރައްވާފައި ވެއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button