ޕާރޓްނަރޝިޕް ބިލްޑިންގ އެންޑް ކޮންސެޕްޓް ނޯޓް ޑިވެލޮޕްމެންޓް ވޯރކްޝޮޕްގައި ކެލާ ޔޫތު ފޯރަމުން ބައިވެރިވެއްޖެ

ސްޓްރެންތިންގ ޖެންޑަރ – އިންކްލޫސިވް އިނިސިއޭޓިވްސް ޕްރޮޖެކްޓްގެ ދަށުން ހުޅުވާލި ގްރާންޓް ޕްރޮގްރާމަށް ހުށަހެޅި ޕްރޮޕޯސަލް ނޮމިނޭޓްވި ފަރާތަކަށް ކުރިއަށް ގެންދާ، ޕާރޓްނަރޝިޕް ބިލްޑިންގ އެންޑް ކޮންސެޕްޓް ނޯޓް ޑިވެލޮޕްމެންޓް ވޯރކްޝޮޕްގައި ކެލާ ޔޫތު ފޯރަމުން ބައިވެރިވެއްޖެއެވެ.
މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއަރއިން 2 ދާއިރާއަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ގްރާންޓް ޕްރޮގްރާމުގެ ތެރެއިން، ކެލާ ޔޫތު ފޯރަމުން ޕްރޮޕޯސަލް ހުށަހެޅީ “އިސްރަށްވެހީންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާ” އަށެވެ.
މި ހިނގާ ސެޕްޓެންބަރު މަހުގެ 1-3އަށް މާލޭސިޓީގެ މީރުމާ މާލަމުގައި ކުރިއަށްދާ ކޮންސެޕްޓް ނޯޓް ޑިވެލޮޕްމެންޓް ވޯރކްޝޮޕްގައި ކެލާ ޔޫތު ފޯރަމުން ބައިވެރިވަނީ އެ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރު އަލްފާޟިލް އިސްމާޢީލް ޢުޘްމާނާއި، އާންމު މެންބަރު އަލްފާޟިލާ ނިޢުމާ ނަޖީބެވެ.
12 މަހާއި 13 މަހާ ދެމެދުގެ މުއްދަތަކަށް ރާވާލައިގެން ކުރިއަށް ގެންދިޔުމަށް، ކެލާ ޔޫތު ފޯރަމުން ހުށަހަޅާއިފައިވާ ޕްރޮޕޯސަލް ކާމިޔާބުވެއްޖެ ނަމަ، އެ ޕޮރޮގްރާމުގެ ދަށުން އިސްރަށްވެހީންނަށް އަމާޒުކޮށް ގިނަ ޙަރަކާތްތަކެއް ކެލާގައި ކުރިއަށް ގެންދެވޭނެ ކަމަށް ކެލާ ޔޫތު ފޯރަމުން ހާމަކުރެއްވިއެވެ.




