ފިތުނަވެރިކަން

ފިތުނަވެރިކަމަކީ އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އަދި އުއްމަތުގެ އިޖުތިމާއީ ފޭރާން ވީދައި، މުޖުތަމައު ބައިބައިކޮށްލާ އެންމެ ނުބައި އެއް އަމަލެވެ. ކީރިތި ގުރުއާނުގައި މާތް ﷲ ވަނީ ފިތުނަވެރިކަމުގެ ނުބައިކަން މީހުން މެރުމަށްވުރެ ވެސް ބޮޑުވެގެންވާ ކަމަށް ބަޔާންކުރައްވާފައެވެ. މިއީ ދިވެހި މުޖުތަމަޢުތައް ވެސް މިއަދު ތަޙައްމަލުކުރަމުންދާ އެންމެ ހިތާމަވެރި އެއް އެއް މައްސަލައެވެ.
ފިތުނަވެރިކަމުގެ ނުބައިކަން
ބަޤަރާ ށޫރަތުގެ 191 ވަނަ އާޔަތުގެ މާނާގައި ވަނީ، ފިތުނަވެރިކަން މީހުން މެރުމަށްވުރެ ވެސް ބޮޑުވެގެންވާ ކަމަށެވެ. ފިތުނައަކީ ހަމައެކަނި ދެމީހެއްގެ ދެމެދުގައި ޖެހޭ މައްސަލައެއް ނޫނެވެ. އެއީ މުޅި މުޖުތަމަޢުގައި ބިރުވެރިކަމާއި، ޙަސަދަވެރިކަމާއި، ދެކޮޅުވެރިކަން އުފައްދައި، އަމާންކަން ނަގާލާ ކަމެކެވެ.
ފިތުނަވެރިކަމުގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުންތައް
- ފިތުނައިގެ ސަބަބުން މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އުއްވަތްތެރިކަމާއި އެކުވެރިކަން ކެނޑި، މުޖުތަމައު ބައިބައިވެ، އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ގެއްލެއެވެ.
- މުޖުތަމައުގައި ޝައްކާއި ވަހުމް އުފެދި، އެކަކު އަނެކަކަށް އިތުބާރުނުކުރެވޭ ހިސާބަށް ކަންކަން ގޮސް، ލޭއޮހޮރުމާއި ހަނގުރާމަތަކަށް މަގުފަހިވެ، އަމަންއަމާންކަން ނެތިދެއެވެ.އެވެ.
- ފިތުނަ އުފައްދާ މީހުން އާންމުކޮށް ބޭނުންކުރަނީ ދޮގު ވާހަކަތަކާއި، ދޭތެރެޖެއްސުމާއި، މީހުންގެ އަބުރަށް އަރައިގަތުމެވެ. މީގެ ސަބަބުން މުޖުތަމައުގެ އަޚުލާގީ ފެންވަރު ވެއްޓި، ދޮގާއި މަކަރު އާންމުވެއެވެ.
- އާންމު އަޒާބު އައުން: މުޖުތަމައެއްގައި ފިތުނަ އާންމުވެ، އެކަން ހުއްޓުވުމަށް މަސައްކަތް ނުކުރެވިއްޖެނަމަ، އެކަމުގެ ހިތާމަވެރި ނަތީޖާ ކުށްވެރިންނާއި ކުށެއްނެތް މީހުންނަށް ވެސް ތަހައްމަލުކުރަން ޖެހި، އަޒާބު އާންމުވެއެވެ.
ފިތުނައިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
- އަޑުއިވޭ ސާބިތުނުވާ ވާހަކަތައް ފެތުރުމުގެ ކުރިން އެއީ ތެދެއްކަން ކަށަވަރުކުރުން މުހިންމު.
- މީހުންގެ މެދުގައި ނުބައިކަން އުފެދޭފަދަ ވާހަކަތައް ނުދެއްކުން.
- މުޖުތަމައުގައި ފިތުނަ އުފައްދަން މަސައްކަތްކުރާ މީހުންނަށް ނަސޭހަތްތެރިވެ، އެކަން ހުއްޓުވުމަށް މަސައްކަތްކުރުން.
ފިތުނަވެރިކަމުން މުޅި މުޖުތަމަޢު ސަލާމަތްކުރެވޭނީ އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ސާބިތުނުވާ މަޢުލޫމާތު ނުފަތުރައި، އިސްލާމީ ރީތި އަޚުލާގުގައި ހިފަހައްޓައިގެންނެވެ. ދިވެހި ކާބަފައިންދެއްކި މަތިވެރި ނަމޫނާއަކީ ވެސް އެއީއެވެ. ރަށްތައް ބަދަހިގުޅުމުގައި ކުރިއަރައި ދާނީ ވެސް މަކާރިމުލް އަޚްލާޤުގެ ރިވެތި ސިފަތަކުން ޒީނަތްތެރި ވެވިގެންނެވެ.
