ޚަބަރު
58 ވަނަ ފިލާވަޅު: ވުޟޫ ގެއްލޭ ކަންތައްތައް (1މިނެޓް 49 ސިކުންތު)
(1) އަތްލެވޭމީހާގެ ވުޟޫއެއް ނުޤެއްލޭނެއެވެ. ޝަޙުވަތްތެރިކަން އައި ކަމުގައިވިޔަސް: މަޛްހަބު ޙަނަފީ، މަޛްހަބު ޙަންބަލީ، ޝާފިޢީންގެ ޤައުލެއް، އިބްނު ޢުޘައިމީން (ރަޙިމަހުމު ﷲ)
(2) މައްޔިތާ ހިނަވައިގެން ވުޟޫއެއް ނުޤެއްލޭނެއެވެ. (1) މައްޔިތާގެ ގައިގައި އަތްލުމާއި (2) އުފުއްލުން އަދި ވުޟޫނުޤެއްލުން އައުލާވެގެންވެއެވެ.: ޖުމްހޫރު (ޙަނަފީ،މާލިކީ،ޝާފިޢީ، އަހުމަދުގެ ރިވާޔަތެއް)
(3) ހުނުމުން (ބާރަށް ހީގަތުން، އަކުރުފާޅުވާވަރަށް މަދުވެގެން) ނަމާދުގައި ވުޟޫއެއް ނުޤެއްލޭނެ، ނަމާދު ފާސިދުވިކަމުގައި ވިޔަސް: ޖުމްހޫރު، ގިނަ ޢިލްމުވެރިން
(ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުގައި ބަޔާންކުރެވިފައިވޭ)
والله أعلم.




