ކޮންމެ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލަކީ ކީރިތި ޤުރުއާން: ޚުޠުބާ

ކޮންމެ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލަކީ ކީރިތި ޤުރުއާން ހުކުރު ޚުޠުބާގައި ހާމަކުރައްވައިފިއެވެ. މި ކަން ހާމަކުރެއްވީ “ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން” މި މައުޟޫޢަށް ޚާއްޞަކޮށްގެން 2026 ޖުލައި 10 ވަނަ ދުވަހު މިއަދު އިއްވި ހުކުރު ޚުޠުބާގައެވެ. މިއަދުގެ ޚުޠުބާގައި އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއްނެތް ފައިދާ ހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއްކަމަށް ވެސް ހާމަކުރެއްވިއެވެ.
ތަފްޞީލުދެއްވަމުން މިއަދުގެ ޚުޠުބާގައި ހާމަކުރެއްވީ، ކީރިތި ޤުރްއާން ތިލާވަތުކުރުމަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ މާތް އަޅުކަމެއް ކަމަށެވެ. އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ މާތް އަޅުކަމެއް ކަމަށާއި އެއީ ބަލިތަކަށް އޮތް ޝިފާއެއް ކަމަށެވެ. އަދި އެ މާތް ފޮތް ކިޔަވައި، އެއަށް ޢަމަލުކުރާ މީހާއަށް ޤިޔާމަތް ދުވަހު އެ ފޮތް ޝަފާޢަތްތެރިވާނެ ކަމަށެވެ.
“ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން” މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު އިއްވި ޚުޠުބާގައި، ޤުރްއާނުން ކިޔަވާ ކޮންމެ އަކުރަކަށްމެ ދިހަ ހެޔޮކަމުގެ ޘަވާބު ލިބޭނެ ކަމަށާއި، އުނދަގޫކަމާއެކު އަޅައަޅައިގަނެގެން ކިޔަވާ މީހާއަށް ވެސް ދެ ދަރުމަ ލިބިގެންވާ ކަމަށް ހާމަކުރެއްވިއެވެ. އަދި ޤުރުއާމާއިމެދު ތަޤުވާވެރިވުމަށް ގޮވާލައްވަމުން، ހުރިހާ ހެއުކަމެއް ވަނީ އެ ފޮތުގައި ހިފެހެއްޓުމާއި، އެ ފޮތް މަތިވެރިކުރުމުގައި ކަމަށާއި އަދި ހުރިހައި ނުބައިކަމެއް ވަނީ އެ ފޮތް ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައި ކަމަށް ވެސް ހާމަކުރެއްވި
ޚުޠުބާ ނިންމާލަމުން ވަނީ ހުރިހާ ހެޔޮކަމެއް ވަނީ ﷲގެ ފޮތުގައި ހިފެހެއްޓުމާއި އެ ފޮތް މަތިވެރިކުރުމުގައި ކަން ހަނދާންކޮށްދީ، ޤުރްއާނުގެ އަމުރުތަކަށް ކިޔަމަންތެރިވުމަށް ހުރިހާ މުސްލިމުންނަށް ވަޞިއްޔަތްކުރަމުންނެވެ. މި ޤައުމަށާއި، ޤައުމުގެ ކަންކަމަށް ރަނގަޅުގޮތްވުމަށާއި، ބަލިތަކުން ސަލާމާތްކޮށްދެއްވާ، ބަލިމީހުންނަށް ޝިފާދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ޤައުމުގެ ކަންކަން އިސްލާމްދީނާ އެއް ގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރައްވާ ވެރީންނަށް ހެޔޮގޮތްވުމަށް އެދެމުންނެވެ.




