ޚަބަރު

ޓެޓޫ ޖެހުން ބުމަ ހެދުން ފަދަ ސިފަ ބަދަލުވާ ކަންކަން ކުރުމަކީ ﷲގެ ލަޢުނަތް ހުރި ކަމެއް: ޚުޠުބާ

ޓެޓޫ ޖެހުން ބުމަ ހެދުން ފަދަ ސިފަ ބަދަލުވާ ކަންކަން ކުރުމަކީ ﷲގެ ލަޢުނަތް ހުރި ކަމެއް ކަމަށް 2026ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ހުކުރު ޚުޠުބާގައި ހާމަކުރައްްވައިފިއެވެ. ”ސާފުޠާހިރުކަމާއިޒީނަތްތެރިކަން” މި މަޢުޟޫއަށް އިއްޔެ އިއްވި ޚުޠުބާގައި ބުނެފައިވަނީ ޒީނަތްތެރިވުމުގެ ނަމުގައިމާތްﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިތަކުގެ ތެރެއިން މަޅިއެއް ކަމަށެވެ. އެ ގޮތުން ޓެޓޫޖެހުމާއި ބުމަހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައި، ބުމަ ތުނި ކުރުމާއި ހަށިގަނޑުގެ ސިފަބަދަލުކުރުން ފަދަ ކަންކަން ކުރުމަކީ މާތްﷲގެ ލަޢުނަތްހުރި ކަންކަން ކަމަށެވެ.

ހުކުރުޚުޠުބާ ފައްޓަވާފައިވަނީ އެންމެހައި ޙަމްދު ޘަނާ ތަޢުރީފު ޙައްޤުވެގެންވަނީ ގަދަކިރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް  ކަމާއި އަޅަމެން ފާފަފުއްސެވުމަށާއި ކަންކަމުގައި އެހީތެރިކަމާއި، ވާތްގަށް އެދެނީ އެކަލާނގެ ޙަޟުރަތުންކަން ހަނދާންކޮށްދެއްވާފައިވާ ވެއެވެ. މުޙައްމަދުގެފާނީ މާތްﷲ ގެ އަޅާ އަދި ރަސޫލާކަމަށް އެކިވުމާއެކު އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރައްވާފައި ވެއެވެ. އަދި އެ ޞަލަވާތާއި ސަލާމުގައި އެ މާތް ރަސޫލާގެ އާލު އަޞްޙާބުންނާއި ހެޔޮގޮތުގައި ތަބަޢަވީ އެންމެން ޝާމިލް ކޮށްފައި ވެއެވެ. ހަމައެހެންމެ މާތްﷲ އަށް ތަޤުވާގެރިވުމަށާއި މާތްﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންކުރެވޭ އެހެންފަތާރެއް ނުވާކަމަށާއި އެކަލާނގެއަށް ޝަރީކުނުކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާންކޮށްދެއްވާފައި ވެއެވެ.

ސިފަ ބަދަލު ކުރުމުގެ ނުބައިކަމާ ބެހޭ ގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިބަސްފުޅެއްގެ މާނާގައި ވާކަމަށް ޚުޠުބާގައި ވިދާޅުވީ “ޓެޓޫ ޖަހައިދޭ އަންހެނުންނާއި ޓެޓޫ ޖަހައިދެވޭއަންހެނުންނާއި ބުމަ އުފުރައި ނުވަތަ ބުމަ ބާލައިދޭ އަންހެނުންނާއި ބުމަ އުފުރައި ނުވަތަ ބުމަ ބާލައިދެވޭއަންހެނުންނާއި އަދި ރީތިކަން ދެއްކުމަށް ޓަކައި މެދު ދެ ދަތް ދުރުކުރާ އަންހެނުންނާއި ﷲގެ ޚަލްޤުބަދަލުކުރާ އަންހެނުންނަށް މާތްﷲ ލަޢުނަތްލެއްވިއެވެ.” މި ފަދައިންނެވެ.

މި ކަންކަމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި އެއްވެސް ތަފާތެއް ނެތް ކަމަށާއި ކުޅިވަރުގެމައިދާނުގައި ނަމަވެސް ޢައުރަ ކަޝްފު ނުކުރުމަށް ޚުޠުބާގައި ފިރިހެނުންނަށް ހަނދާންކޮށް ދެއްވާފައިވެއެވެ.ޚުޠުބާގައި ވިދާޅުވީ ހެދުންއެޅުމުގައި ވެސް ބޮޑެތި ކުށްތަކަށް އަރައިގަންނަމުން އަންނަ ކަމަށާއި ބުރުގާއެޅުމުގެއަޞްލު މަޤްޞަދަކީ ޢައުރަ ނިވާކުރުމާއި ޢިއްފަތްތެރިވެ އަބުރުވެރިވުން ކަމުގައިވީ ނަމަވެސް ބުރުގާ އަޅައިގެންތިބޭއިރު ކަންފަތުލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަ ގޮތަށް ބުރުގާ އެޅުމާއި ބޮލުގައި ފޮތިކޮޅެއްއޮޅައިލައިގެން ކަނދުރާ ފެންނަ ގޮތަށް ހެދުންއެޅުމަކީ ޙިޖާބުގެ މަޤްޞަދު ގެއްލޭކަމެއް ކަމަށެވެ.

މީގެއިތުރުން ހަށިގަނޑުގެ ވަނާތަށް އެނގޭ ގޮތަށް ގަޔަށް ބާރު ހެދުންލައި ހިލޭ ފިރިހެނުންގެ ލޮލުގައިއަޅައިގަންނަފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.ޚުޠުބާގައި ވިދާޅުވީ މިއަދުގެ ޒަމާނީ ވަޞީލަތްތަކާއެކު ސާފުތާހިރުވުމުގެ ނަމުގައި ދީނީ އިންތަކުން ބޭރުވާތަންފެންނަ ކަމަށާއި އެގޮތުން އެންމެ ނުރައްކާތެރި އެއް ކަމަކީ ސެލޫންތަކަށް ގޮސް ވެކްސިންކުރުން ފަދަ ކަންކަންކުރުމަށް ތިމާއަށް ހުއްދަ ނޫން ފަރާތްތަކުގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ކަމަށާއި އެއީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button