ޚަބަރު

ކެލާގައި ފެންބޮޑުވެއްޖެ

މިހާރު މުޅި ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އިއްޔެ ހަވީރުން ސުރެ ވެހެމުން އަންނަ ވާރޭގެ ސަބަބުން  ތިލަދުންމަތީ އުތުރުބުރީ ކެލާގައި ފެން ބޮޑުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު އާންމުކުރެއްވި ނަތީޖާ ދައްކާ ގޮތުން މުޅި ރާއްޖެއިން އިއްޔެ އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައި ވަނީ ވެސް ކެލައަށެވެ. އެ ފަރާތުން ހާމަކުރައްވައިފައިވާ ގޮތުގައި ކެލައަށް އިއްޔެ ވަނީ 231 މިލިމީޓަރގެ ވާރޭވެހިފައެވެ.

ކެލާގައި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ރެއިން ފެށިގެން މެދު ނުކެނޑި އަންނަނީ ކުރަމުންނެވެ. މިހާރު އަންނަނީ ކޯރު ކަނޑައިގެން ފެންގަނޑު މޫދަށް ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ބައެއް ގެތަކަށް މިހާރު ވަނީ  ފެންވަދެ، ގެތަކުން ވެސް ފެން ހިއްކުމުގެ މަސައްކަތްކުރަން ޖެހިފައެވެ. ފެން ހިންދުމަށް ކުރަމުންއަންނަ  މަސައްކަތުގައި ރަށުގެ ގިނަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.

ތިލައުތުރަށް ޚަބަރު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފް ނޮދަން އޭރިޔާގެ ޓީމެއް ވެސް، ފެން ހިންދުމުގެ މަސައްކަތުގައި ބައިވެރިވުމަށް ފެން ބޮޑުވެފައިވާ ރަށްތަކަށް މިހާރު އަންނަނީ ދަތުރުކުރަމުންނެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button