ޝައިޚް އިބްރާހީމް ސުކޫލުގެ ބެސްޓް އޯލްރައުންޑަކަށް މުޙައްމަދު ނާޒިހް އަދި ބެސްޓް އެކަޑަމިކް ސްޓޫޑެންޓަކަށް އާދަމް އަސީލް

ކެލާ، ޝައިޚް އިބްރާހީމް ސްކޫލުގެ 2023 އަދި 2024ގެ ބެސްޓް އޯލްރައުންޑަކަށް މުޙައްމަދު ނާޒިހް އަދި ބެސްޓް އެކަޑަމިކް ސްޓޫޑެންޓަކަށް ެއާދަމް އަސީލް ހޮވިއްޖެއެވެ.
އަހަރީ އިނާމުދިނުމަށް ރޭ ޝައިޚް އިބްރާހީމް ސުކޫލުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ބެސްޓް އޯލްރައުންޑް ސްޓޫޑެންޓް ނާޒިހަށާއި، ބެސްޓް އެކަޑަމިކް ސްޓޫޓްޑެންޓް އާދަމް އަސީލަށް އިނާމު ޙަވާލުކޮށްދެއްވީ ޝަރަފުވެރި މެހްމާނު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިޔުޓީ ސްްޕްރިންޓެންޑެންޓް ެައަލްފާޟިލް މުޙައްމަދު ނަޡީމެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޕްރިން ޓެންޑެންޓް މުޙައްމަދު ނަޡީމް ރޭގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވިވާހަކަފުޅުގައި
ކާމިޔާބު ހޯދަން ނުކުންނަ އިރު ދަތިތަކާއި، ތުރާލާ ވެސް ދިމާވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކަންތައް ކާމިޔާބުވާނީ އެ ފަދަ އެކަންކަމާ ވެސް ކުރިމަތިލައިގެން ކަމަށް ވިދާޅުވިއެވެ.
“ކާމިޔާބަކީ އެއަށް ބޭނުންވެގެން ހޯދޭނެ އެއްޗެއް. އެ ކުއްޖަކު ބޭނުން ދާއިރާއަކުން ކުރިއަށްދާން އުދުހިގަންނާންވި. އޭރުން އެ ކަންކަން ޙާޞިލްކުރެވޭނެ” ޗީފްގެސްޓް ނަޡީމް ވިދާޅުވިއެވެ.

މުނިފޫހިފިލުވުމުގެ ޙަރަކާތްތަކާއެކު ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ނިމުނު 2023 އަދި 2024ގެ ތަފާތު މަޤާމުތައް ޙާޞިލްކުރި ދަރިވަރުންނަށް ވެސް އިނާމު ދެވިފައި ވެއެވެ. ބެސްޓް އޯލްރައުންޑު ސްކައުޓަކަށް އަދި ބެސްޓް އެކަޑަމިކް ސްކައުޓަކަށް ހޮވުނީ ވެސް ބެސްޓްއޯލް ރައުންޑްގެ މަޤާމު ޙާޞިލްކުރި މުހައްމަދު ނާޒިހެވެ. ބެސްޓް އޯލްރައުންޑު ގައިޑަކަށް ހޮވުނީ މާޔާ މުހައްމަދެވެ. ބެސްޓު އެކަޑަމިކް ގައިޑަކަށް ހޮވުނީ ޙައްވާ ފުނޫން ފައްޔާޒެވެ