ޚަބަރު

ދަނޑުބިމަށް ކުރިމަތިލީ މީހުންގެ ތެރެއިން 16 މީހަކަށް ޝަރުޠުހަމަވާ ކަމަށް އިޢުލާންކޮށް، ޝަކުވާހުށަހެޅުމަށް ހުޅުވައިލައިފި  

ހއ. ކެލާއިން ހިލޭ ދޫކުރާ 5 ހާސް އަކަފޫޓުގެ ދަނޑުބިމަށް ކުރިމަތިލީ 22 މީހުންގެ ތެރެއިން 16 މީހަކަށް ޝަރުޠުހަމަވާ ކަމަށް އިޢުލާންކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލައިފިއެވެ.  

2025 އޯގަސްޓް 21 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ، ކެލާ ކައުންސިލް އިދާރާގެ ނަންބަރު: (IUL)249-B/249/2025/76 އިޢުލާނުން ދަންނަވާފައިވާ ގޮތުގައި، އެ ލިސްޓަކީ 2025  އޮގަސްޓު 6 ވަނަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާން (IUL)249-B/249/2025/71 އާ ގުޅިގެން ރަށުގެ ދެކުނުކޮޅާއި، ތޮށިމަތި ސަރަޙައްދުން ދަނޑުވެރިކަން ކުރުމަށް، ދަނޑުބިމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ލިސްޓްކަމަށެވެ.

ތިލައުތުރަށް ލިބިފައިވާ މަޢުލޫމާތުގައި ވާގޮތުން ނަމަ، މިއީ އެ ކައުންސިލުން ދަނޑުބިން ދޫކުރާ ތިން ވަނަ ބުރެވެ.

ދަނޑުވެރި ކެލައިން ދަނޑުވެރިންނަށް ދޫކުރުމަށް ނިންމި ދަނޑުބިންތަކާ މެދު ޝަކުވާ ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ މި ހިނގާ އޯގަސްޓް މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ 14.00 އެވެ. ލިޔުމުން ނުވަތަ އީމެއިލުން ވެސް ޝަކުވާ ހުށަހެޅިދާނެއެވެ. އެ އިދާރާގެ އީމެއިލް އެޑްރެހަކީ [email protected] އެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button