ދީން
163 ވަނަ ފިލާވަޅު : ރޯދަވެރިޔާއަށް ކުރުން މަކްރޫހަ ކަންތައްތައް އަދި ޙަރާމް ކަންތައްތައް

(1)ރޯދަވެރިޔާ ނޭފަތާއި އަނގަޔަށް ފެންލުމުގައި ( ވުޟޫކުރާއިރު ) ބޮޑަށް ފެންލުން މަކްރޫހަ ■ މުސްލިމުންގެ އިއްތިފާޤު ( އިބްނު ޤުދާމާ ( ރަޙިމަހު ﷲ ( ނަޤުލްކުރައްވާ )
(2)ރޯދަ ވިޞާލުކުރުން ( އެއީ ދެ ރޯދަ ހިފާއިރު ދެމެދުގައި އެއްޗެއް ނުކައި ( ރޯދަ ނުވީއްލައި ) ދެ ރޯދަ ގުޅުވައިލައިގެން ހިފުން) މަކްރޫހަ ■ ޖުމްހޫރު
(3)ޙާޖަތެއްނެތި ކާތަކެތިން ރަހަބެލުން މަކްރޫހަ ■ 4 މަޛްހަބު
(4)އެއްދާކުރުމުގެ ނުވަތަ މަނިބޭރުވުމުގެ އަމާންކަން ( ޔަޤީންކަން ނެތްނަމަ) އަނބިމީހާއަށް ބޮސްދިނުން ހުއްދަވެގެންނުވެއެވެ. ■ ޖުމްހޫރު
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم