159ވަނަ ފިލާވަޅު : ރޯދަ ޤެއްލޭ އަދި ނުޤެއްލޭ ޒަމާނީ މައްސަލަތައް (ހަތަރުވަނަ ބައި)

(18)ބޭސްވެރިކަމަށް ، ލޭ ނާރުތަކަށް ވައްދާ ހޮޅިއެއް . Arterial catheter.(ޚާއްޞަކޮށް ނާރު ބެދުން ފަދަ ކަންތައްތަކުގައި މިކަން ކުރޭ).. ■މިކަމުން ރޯދައެއް ނުޤެއްލޭނެ
(19)ފުރަގަސްފަރާތުން (ފުރަގަސްފަރާތު ދޮރުން ފޮނުވާ) ހަށިގަނޑުގެ ތެރެއަށް ބޭސްފޮނުވުމަށް ބޭނުންކުރާ އެއްޗެއް (އިންޖެކްޝަން ވައްތަރު) Anal enema (ބަނޑު ހަރުވެ ބޮޑުކަމު ނުދެވި ގިނަދުވަސްވީމާ ބަނޑު ހުސްކުރަން މީހާގެ ފުރަގަސްފަރާތަށް ޖަހާ އެއްޗެއް، ގޮހޮރުގެ މަސައްކަތްތައް ރަނގަޅުކުރުމަށް…. މިދިނުމުން އާންމުކޮށް ފާޚާނައަށް ދާން ފަސޭހަވޭ) ފޮނުވާ ތަކެތީގެ ހަށިގަނޑަށް ބާރުލިބޭނަމަ ނުވަތަ ފޮނުވާ ފެން ހިމެނޭނަމަ ރޯދަ ގެއްލޭނެއެވެ….އެހެންނަމަވެސް ހަަމައެކަނި ބޭހުގެ މާއްދާތައް ހިމެނޭނަމަ ރޯދައެއް ނުޤެއްލޭނެއެވެ.
(20)ފުރަގަސްފަރާތު ދޮރުން ވައްދާ ބޮޑު ބޭސްގުޅައެއްހެން އިންނަ އެއްޗެއް rectal suppositories (އާއްމުކޮށް ގޮހޮރު ބަލިތަކަށް ބޭނުންކުރޭ، ބައެއް ފަހަރު ބޮޑު ކަމުދާން އުނދަޤޫވީމައި މިކަހަލަ ތަކެތި ބޭނުންކުރޭ، މީގެ ހުން މަޑުކުރަން ޖަހާ ވައްތަރެއްވެސް ހުންނާނެ ) ■ ރޯދައެއް ނުޤެއްލޭނެ.
(21) ފުރަގަސްފަރާތުން ވައްދާ ކެމެރާއިން anal endoscope (ގޮހޮރުގެ ތިރިން ހުންނަ ބައި ނުވަތަ އެހެން ބައިތައް ބެލުމަށް ) ■ ރޯދައެއް ނުޤެއްލޭނެ
(22) (1) ހީސްލާ ހޮޅި ލެއްވުން.inserting catheter މިހޮޅިއަކީ ހީސްލާތަނަށް ލައްވާ ހޮޅިއެއް . މިހޮޅި އެތެރޭންގޮސް ނިމޭނީ ބެލެޑާރ އަށް (ކުޑަކަމުދާ އެއްޗެހި ހަށިގަނޑުގެ ތެރޭގައި ޖަމާވާ ކޮތަޅު) (2) އެންޑޯސްކޮޕީއަކީ endoscope ދިގު ހިމަ ހޮޅިއެއް ، މީގެ އެއްކޮޅުގައި ވަރަށް ކުޑަ ލައިޓަކާއި ކެމެރާއެއް ހަރުކޮށްފައި ހުންނާނެ ، މީތި ލައްވާނީ އަނގައިން ނުވަތަ ފުރަގަސްފަރާތުން މީގެ ބޭނުމަކީ ހަޖަމްކުރާ ނިޒާމް (ޑައިޖެސިސް ސިސްޓަމް) އެއްވެސް މައްސަަަލައެއް ހުރިތޯ ބެލުން…(3) ބުލެޑަރ ވޮޝް :: bladder wash
ބެލެޑަރ އަކީ ހަށިގަނޑުގެ ތެރޭގަައި ކުޑަކަމުދާ ތަކެތި ޖަމާވެފައި ހުންނަ ތަން :: ބުލެޑަރ ވޮޝްއަކީ މިބައި ސާފުކުރުން ، މިކަންތައްކުރާނީ ހީސްލާ ހޮޅި ގުޅާފާ ތިބޭ މީހުން ދުވަސްދުވަހުން އެހޮޅި ބުލޮކް ވާގޮތް ވަންޔާ…މީގައި ކަންތައް ކުރާ ގޮތަކީ މިހޮޅިން އައިވީ ފެން ބެލެޑަރ (ކުޑަކަމުދާ ތަކެތި ޖަމާވެފައި ހުންނަ ތަން) ތެރެއަށް ފޮނުވާ އެތެރެ ސާފުކުރާނީ ..(4) އެކްސް – ރޭ : ސާފުކޮށް ބެހެއްޓުމަށް ނުވަތަ ސާފުކުރުމަށް އެހީތެރިވާ މާއްދާއެއް ހަށިގަނޑުގެ ތެރެއަށް ފޮނުވުން :: ■( ބަޔާންވެގެންދިޔަ މައިގަނޑު 4 ކަންތަކުން) ރޯދައެއް ނުޤެއްލޭނެ.■
(23)ލޭ ހަދިޔާކުރުން ޤިޔާސް ކުރަނީ ހިޖާމާ ޖެހުމަށެވެ.(ހިޖާމާ ޖެހުމަކީ ހަށިގަނޑުގެ ޚާއްޞަ ތަންތަނަކުން ލޭ ނެގުމެވެ.) .. މި ދެ ކަންތަކުގެ (ލޭ ހަދިޔާކުރުން، ހިޖާމާ ޖެހުން) ސަބަބުން ރޯދަޤެއްލޭނެތޯ ޢިލްމުވެރިންގެ މެދުގައި ވަރަށް ބޮޑަށް ޚިލާފު އުފެދިފައިވެއެވެ. ■ދަލީލުގެ ގޮތުން ގާތް ގޮތަކީ (މުއައްލިފު) ހިޖާމާގެ ސަބަބުން ރޯދަ ނުޤެއްލުމެވެ. އެހެންކަމުން ލޭ ހަދިޔާ ކުރުނުންވެސް ރޯދަ ނުޤެއްލުމެވެ.
(ނޯޓް : އެންމެ ރައްކާތެރިގޮތަކީ މިފަދަ ކަންތައްތައް (ޢިލްމުވެރިންގެ މެދުގައި އެކަމެއްގެ ސަބަބުން ރޯދަ ޤެއްލޭނެތޯ ނުވަތަ ނޫންތޯ ޚިލާފު އުފެދިފައިވާ ކަންތައްތައް) ރޭގަނޑަށް ލަސްކުރުމެވެ.)
(24)އެކި ޓެސްޓުތައް ކުރުމަށްޓަކައި ހަށިގަނޑުން ނަގާ މަދު ލެއިން ■ ރޯދަ ނުޤެއްލޭނެއެވެ.
(25)ބޭސްފަރުވާއަށްޓަކައި ނާރު ބުރިކޮށްލާފައި އެއިން ނަގާ ލެއި :: (މުއައްލިފު: ރާޖިޙް ބަސްފުޅަކީ ރޯދަ ނުޤެއްލުމެވެ.)
(މައުލޫމާތު ނެޤިފައިވަނީ : المفطرات الصيام المعاصرة (މިޒަަމާނުގެ ރޯދަ ޤެއްލޭ ކަންތައްތައް) ، އުސްތާޛު .ޑރ އަޙުމަދު ބުން މުޙަަައްމަދުލް ޚަލީލު)
والله أعلم