ދީން

157 ވަނަ ފިލާވަޅު : ރޯދަ ޤެއްލޭ  އަދި ނުޤެއްލޭ  ޒަމާނީ މައްސަލަތައް  (ދެވަނަަ ބައި) 

(9)ކަންފަތަށް ޖަހާ ބޭސްތިކިން  ( Ear drops   ރޯދައެެއް ނުޤެއްލޭނެއެވެ.އެއީ ކަންފަތުން ބަނޑަށް ދާނެ ދޮރެއް ( ގޮތެއް) ނެތީމެވެ. (އެބަހި:ކަންފަތަށް އަޅާ ބޭހުގެ ސަބަބުން އެބަނޑަކަށް ވާޞިލެއްނުވާނެއެވެ.)  އަދި ކަންފަތް ދޮވުން ކަންފަތުގެ ޑުރަމް ސިޓިިކް ނަގައިގެން މީގެ ސަބަބުން ސާފުކުރަން ބޭނުންކުރާ ފެން ބަނޑަށް ވާސިލްވެއްޖެނަމަ ރޯދަ ޤެއްލޭނެ… ސާފުކުރަނީ ބޭހަކުން ކަމުގައިވާނަމަ ބަނޑަށް ދިޔަޔަސް ރޯދަ ނުޤެއްލޭނެ

(10)ގިނަ ޢިލްމުވެރިންގެ ރައުޔަކީ ލޮލަށް އަޅާ ބޭސްތިކީގެ (Eye drops) ސަބަބުން ރޯދައެެެއް ނުޤެއްލޭނެއެވެ. ● ބައެއް ފިޤުހު ޢިލްމުވެރިން ދެކެލައްވާ ލޮލަށް އަޅާ ބޭސްތިކީގެ ސަބަބުން ރޯދަ  ޤެއްލޭނެއެވެ..■ (އެހެންނަމަވެސް : މުއައްލިފު ބަޔާންކުރައްވަނީ) ގާތްގޮތަކީ  ގިނަ ޢިލްުވެރިން ދެކެލައްވާ ގޮތެވެ. ރޯދަ ނުޤެއްލުމެވެ.

(11)އެ އިންޖިކްޝަނަކީ ހަންގަނޑަށް ޖަހާ ނުވަތަ  މަސްގަނޑަށް ޖަހާ ނުވަތަ ނާރަށް ޖަހާ އިންޖިކްޝަނެއްކަމުގައިވިޔަސް  ބޭސްފަރުވާއަށް ޖަހާ އިންޖިކްޝަންކަމުގައިވާނަމަ ގިނަ ފިޤްހު ޢިލްމުވެރިން އަރިހުގައި ރޯދައެއް ނުޤެއްލޭނެއެެވެ.

(12)ގަޔަށް ވަރުޖައްސަން  ނާރަށް ޖަހާ އިންޖެކްޝަނުން ( މިޘާލު : ޤުލް ކޯޒް)  ރޯދަ ޤެއްލޭނެއެވެ..

(މައުލޫމާތު ނެޤިފައިވަނީ :  المفطرات الصيام المعاصرة (މިޒަަމާނުގެ ރޯދަ ޤެއްލޭ ކަންތައްތައް )، އުސްތާޛު .ޑރ އަޙުމަދު ބުން މުޙަަައްމަދުލް ޚަލީލު )

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button