153ވަނަ ފިލާވަޅު: ރޯދަ ފާސިދުވާ ކަންތައްތައް (ރޯދަ ބާޠިލްވާ ކަންތައްތައް)

■(6)މޮޔަވުން ނުވަތަ ހޭނެތުން ( 133 އަދި 134 ވަނަ ފިލާވަޅުގައި މިކަމުގެ ތަފްޞީލު ބަޔާންކުރެވިފައިވެއެެވެ.)
■ (7)ރަމަޟާންމަހު ދުވާލު ވަޤުތު ނިދުމުގެ ޙުކުމް
(1) (ފަތިސް ކުރިން) ނިދާފައި ، ހޭލެވުނީ ދުވާލު ވަޤުތުގެ ކުޑަވަޤުތު ކޮޅެއް ކަމުގައިވާނަމަ (މިޘާލު : އިރު އޮއްސުމުގެ ކުރިން ކުޑަ ވަޤުތުކޮޅެއް) : ފަހެ އެއިންސާނާގެ ރޯދަ ޞައްޙަވެގެންވެއެވެ ■ މުސްލިމުންގެ އިއްތިފާޤު (ނަވަވީ (ރަޙިމަހު ﷲ) ނަޤުލްކުރައްވާ)
(2)ރަމަޟާންމަހުގެ ދުވާލުގެ ވަޤުތު ނިދަން އޮށާވެފައި (އެބަހީ : ފަތިސް ވަދުމަށްފަހު) ދެން ހޭލެވުނީ އިރުއޮއްސުމުގެ ފަހުން ކަމުގައިވާނަމަ އެއިންސާނާގެ ރޯދަ ޞައްޙަވެގެންވެއެވެ ■ ޖުމްހޫރު
ނޯޓް : ނަވަވީ (ރަޙިމަހު ﷲ) ވިދާޅުވެފައިވެއެވެ.” ދުވާލު އެއްކޮށް (މިޘާލު ؛ ފަތިސްކުރިން ފެށިގެން މަޢްރިބު ބަންޤީގެ ފަހަށް) ނިދާފައިވާނަމަވެސް ، އޭގެ ކުރީ ދުވަހު އިރުއޮއްސުމަށްފަހު ރޯދަހިފުމަށް ނިޔަތް ގަންފައިވާނަމަ :: އެއިންސާނާގެ ރޯދަ ޞައްހަވެގެންވެއެވެ. އެއީ މަޛްހަބުވާ ގޮތުންނެވެ.އަދި ޖުމްހޫރުންގެ ރައުޔަކީވެސް އެއީއެވެ. (މިހާލަތުގައި އެއިންސާނާގެ ރޯދަ ޞައްޙަވުމެވެ.) …● އަދި (ފަތިސް ކުރިން) ނިދާފައި ، ހޭލެވުނީ ދުވާލު ވަޤުތުގެ ކުޑަވަޤުތު ކޮޅެއް ކަމުގައިވާނަމަ (މިޘާލު : އިރު އޮއްސުމުގެ ކުރިން ކުޑަ ވަޤުތުކޮޅެއް) : ފަހެ އެއިންސާނާގެ ރޯދަ ޞައްޙަވެގެންވާކަމަށް މުސްލިމުން އިއްތިފާޤުވެފައިވެއެވެ. “(އަލް މަޖްމޫޢު)
■ (8)ރޯދަޔަށް ހުރެފައި ، އެދުވަހުގެ ދުވާލު ވަޤުތު މުރުތައްދުވެއްޖެނަމަ (އިސްލާމްދީނުން ބޭރުވާ ފަދަ ކަމެއް ކޮށްފިނަމަ) އެއިންްސާނާގެ ރޯދަ ބާޠިލްވެގެންވެއެވެ ■ މުސްލިމުންގެ އިއްތިފާޤު ….( 131 ވަނަ ފިލާވަޅުގައި މިކަމުގެ އިތުރު ތަފްޞީލު ބަޔާންކުރެވިފައިވެއެެވެ.)
■ (9)ރޯދަޔަށް ހުރެފައި ، އެދުވަހުގެ ދުވާލު ވަޤުތު : ރޯދަ ދޫކޮށްލުމަށް ނިޔަތް ގަންފިނަމަ
(އަޒުމްކޮށްފިނަމަ) އެއިންސާނާގެ ރޯދަ ޤެއްލިއްޖެއެވެ.އެއީ ރޯދަ ޤެއްލޭ އިތުރު ކަމެއް ނުކުރި (މިޘާލު : ކައިބޮއި ނެހެދި) ނަމަވެސްމެއެވެ■ މާލިކީން ، ޙަންބަލީން ، ޝާފިޢީންގެ ބަސްފުޅެއް ، އިބްނު ޙަޒުމް
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم