ބަސްތޫރަ

ބަސްތޫރަ – ރޯނު

ލަފުޒުމާނަ
ރޯނު1. ހުޅަނގު މޫސުމުގެ 4 ވަނަ ނަކަތް. މިއީ މޭ 20އިން ޖޫން 2އަށް އަންނަ ނަކަތެވެ. މިއީ ވިއްސާރަ މޫސުމުގެ ނަކަތެކެވެ. ހުޅަނގުން ނުވަތަ ހުޅަނގު ދެކުނުން ބާރަށް ވައިޖެހި ކަނޑުތައް ގަދަވާނެއެވެ.   2. އަށާވިސް ނަކަތުން ހަތަރު ވަނަ ނަކަތް. 3. ބޮނބިނަރުން ލީލި އަޅައިގެން ދެއުޅި ލީލިން ވަށައި ފަށެއް. 4. އެއްޗެހި ހިއްކަން އެޅުމަށް ދަމާ ފަށް. 5. ބިންބިމުގެ އިން ވަކިކުރުމަށް ނުވަތަ ފާރުފާރު ތެދަށް ރޭނުމަށް ދަމާ ފަށް
ރޯނުނަކަތް1. އަށާވީސް ނަކަތުން 4 ވަނަ ނަކަތް. 2. ހުޅަނގު މޫސުމުގެ 4 ވަނަ ނަކަތް.
ރޯނުބައި1. ކަނޑައެޅިގެން ނުބައި. 2. މުޅިން ނުބައި.
ރޯނުބޮނޑިއެތައް ފޯއްޔެއް އެއްކޮށް ބަނދެފައި ހުންނަ ރޯނު. މީގައި އާންމުގޮތެއްގައި އޮންނަނީ 12 ފޯލި.
ރޯނުބޮނޑިފާނަފާނައިގެ ބާވަތެއް. ރަތްކޮށް ބޮނޑިމަސްކޮށް ހުދު ތިކިތަކެއް ޖަހައިފައި ހުންނަ ނަގޫކޮޅުގައި ތަންކޮޅެއް މަސްގިނަ ފާނައެއް.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button