ޚަބަރު

ކެލާ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލެއް ހަމަޖައްސަވައިފި

ކެލާ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލެއް ހަމަޖައްސަވައިފިއެވެ. އެ މަޤާމަށް ހަމަޖެއްސެވީ ވަރަށް ޒުވާން ޢިލްމީ ބޭފުޅެއް ކަމުގައިވާ ކެލާ ހުދުވެލި އަލްއުސްތާޛު އަޙުމަދު ޝިޔާޢުއެވެ.

އަލްއުސްތާޛު އަޙުމަދު ޝިޔާޢުއަކީ ގިނަ ދުވަސްތަކެއް ވަންދެއް އެލައިޑް އިންސުއަރެންސްގައި މަސައްކަތްކުރެއްވެވި ތަޖުރިބާކާރު ބޭފުޅެކެވެ. މަޑުމައިތިރި މިޒާޖެއްގެ ޝިޔާޢުއަކީ ފުޓުބޯޅަ ދަނޑުގައި ވެސް ހުނަރުވެރި މޮޅު ކުޅުންތެރިއެކެވެ. ޒުވާނުންނާ ގުޅޭ، އެންމެހައި ޒުވާނުންގެ ގާތް މިތުރެކެވެ.

ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ޝިޔާޢުގެ މޭސްތިރިކަމުގެ ދަށުން ކެލާ ކައުންސިލުގެ އިދާރީ ހިންގުން މިހާރަށް ވުރެ އިތުރަށް ހަރުދަނާވެ، ޚިދުމަތް ހޯއްދަވައި ފަރާތްތަކަށް ފަހިކަން ލިބިގެން ދާނެ ކަމަށް ދެކެމެވެ.

ތިލައުތުރު ނޫހުން ޒުވާން ސެކްރެޓަރީ ޖެނެރަލަށް އިތުރު ކުރިއެރުމާ ފާގަތިކަމަށް އެދި ތަހުނިޔާކިޔަމެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button