ޚަބަރު

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި ފިއްލަދޫ ކުޅޭ ފުރަތަމަ މެޗް މިރޭ 9.00 ގައި

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި ފިއްލަދޫ ކުޅޭ ފުރަތަމަ މެޗް މިރޭ 9.00 ގައި ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި އޮންނާނެއެވެ. މި މެޗްގައި ފިއްލަދޫ ޓީމް ބައްދަލުކުރާނީ ހޯރަފުއްޓާއެވެ.

މި މެޗަށް ނުކުންނަ އިރު ހޯރަފުށި ވަނީ ކުރިން އެއް މެޗް ކުޅެފައެވެ. ބާރަށާއެކު ހޯރަފުށި ބައްދަލުކުރި އެ މެޗުން ހޯރަފުށި ވަނީ 4 ލަނޑު 2 ލަނޑުން ބަލިވެފައެވެ. ފިއްލަދޫ ޓީމަކީ މި ގުރޫޕުގައި ހިމެނޭ ޓީމުތަކަށް ބަލައި އިރު ވަރުގަދަ ޓީމެކެވެ. މި ދިޔަ އަހަރު އަހަރުގެ ނޮވެންބަރު މަހު ބޭއްވުނު ތިލައުތުރު ފުޓުސަލް މުބާރާތުގައި ވެސް ރަނގަޅު ކުޅުމެއް ވަނީ ފިއްލަދޫ ޓީމުން ދައްކައިދީފައެވެ.

މިރޭ ދެ ވަނަ މެޗްގައި ބައްދަލުކުރާ މާރަންދޫއާއި، ބާރަށް ވެސް ވަނީ މި މުބާރާތުގައި އެއް މެޗް ކުޅެފައެވެ. ކުޅުނު މެޗުން ބާރަށް މޮޅުވެފައިވާ އިރު ފުރަތަމަ ކުޅުނު މެޗުން މާރަންދޫ ވަނީ ކެލާ އަތުން 2 ލަނޑު 0 ލަނޑުން ބަލިވެފައެވެ.

މިރޭ ކުޅެވޭ ހއ. އަތޮޅުގެ ބީ ގުރޫޕުގެ މެޗްތައް ފަށާނީ މިރޭ 9.00 ގައެވެ. މި މެޗުތަކުގެ ކުޅުން ބަލައިލުމަށް ގިނަ ބަޔަކު ދަނޑަށް ދިޔުމަކީ ޓީމުތަކުގެ ކުޅުންތެރިންނަށް ލިބޭނެ ވަރަށް މަތިވެރި ހިތްވަރެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button