ޚަބަރު

ރަޙްމަތްތެރިކަމުގެ ހޭންޑް ބޯލް މެޗެއް ކުޅެފި

ހއ. ދިއްދޫ ފަތޯ ސްޕޯރޓްސް އެކެޑަމީގެ ސީނިއަރ އަންހެން ޓީމާ، ކެލާ ޔޫތު ފޯރަމް ސްޕޯރޓްސް އެކެޑަމީގެ ސީނިއަރ އަންހެން ޓީމާއެކު ރަޙުމަތްތެރިކަމުގެ ހޭންޑް ބޯލް މެޗެއް ކުޅެފިއެވެ. އިއްޔެ ހަވީރު ކެލާ ފްޓްސަލް ދަނޑުގައި ކުޅުނު މި މެޗް ޝަރަފުވެރިކޮށްދެއްވީ ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އަލްފާޟިލާ ޙައްވާ ފަޒްނާއެވެ.

މި ދެ އެކެޑަމީއަކީ ވެސް ހޭންޑް ބޯލް ކުރިއަރުވާ ތަރައްޤީ ކުރުމަށް ހއ. އަތޮޅުގައި އެކަށޭނަ މަސައްކަތްތަކެއް ކުރަމުން އަންނަ ދެ އެކެޑަމީއެވެ. މި ދިޔަ އަހަރުގެ ފަހު ކޮޅުގައި ހޭންޑް ބޯލް އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކާމިޔާބު މަސައްކަތްތަކެއް ވެސް ކެލާ ޔޫތު ފޯރަމް ސްޕޯރޓްސް އެކަޑަމީން ކޮށްފައިވާ އިރު، ދިއްދޫ އެކެޑަަމީއަކީ މާލޭގައި އޮންނަ ހޭންޑް ބޯލް މުބާރާތްތަކުގައި ވެސް ވާދަކުރާ އެކެޑަމީއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އިއްޔެ ހަވީރު ކެލާގައި ކުޅެވުނު ހޭންޑް ބޯލް މެޗް 23 ގޯލް 7 ގޯލުން ކާމިޔާބުކުރީ ދިއްދޫ ފަތޯ ސްޕޯރޓްސް އެކެޑަމީއެވެ. މި ފަދަ މެޗްތައް ގިނަގިނައިން ކުޅި، ވާދަވެރި ރޫޙެއް މި ކުޅިވަރުގައި އުފެދިގެން ދިޔުމަކީ ހުނަރުވެރި ކުޅުންތެރިން ބިނާވުމަށް މަގުފަހި ވާނެ ކަމެކެވެ.    

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button