ދީން

143ވަނަ ފިލާވަޅު ■ ރޯދަ ފާސިދުވާ ކަންތައްތައް (ރޯދަ ބާޠިލްވާ ކަންތައްތައް)  

(3)މަނި ބޭރުވުން (އެއިންސާނާ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަންތައްތަކުގެ ސަބަބުން) (ފުރަތަމަ ބައި) 

■(1)ރަމަޟާންމަހުގެ ދުވާލުގެ ވަޤުތު  މަނި ބޭރުކޮށްފިނަމަ ( އަތް ބޭނުންކޮށްގެން ނުވަތަ އެހެންވެސް އެއްޗެއް ބޭނުންކޮށްގެން، ،…) (1)  ފަހެ އެއިންސާނާގެ ރޯދަ ފަސާދަވެގެންވެއެވެ. (2) އަދި އެހެން ދުވަހެއްގައި އެރޯދަ ޤަޟާކުރަންޖެހޭނެއެވެ ■ 4 މަޛްހަބު 

ނޯޓް : އަމިއްލައަށް މަނިބޭރުކުރުން ރަމަޟާންމަހު އަދި އެނޫން ދުވަސްތަކުގައިވެސް ހުއްދަވެގެންނުވެއެވެ.އަދި ރަމަޟާންމަހުގެ ދުވާލުގެ ވަޤުތުގައި މަނިބޭރުކުރުން ހަރާމްކަން ބޮޑުވެގެންވެއެވެ. އެހެނީ އެކަމުގައި (1) ޙަރާމްވެގެންވާ އަމިއްލައަށް މަނިބޭރުކުރުމާއި (2) ރޯދަ ފަސާދަވެގެންދިއުމާއެކު ރޯދައިގެ ހުރުމަންކަނޑާލެވޭތީއެވެ. ■ މިފަދަ ކަމެއް ކުރެވޭ ފަރާތަކަށްވަނީ (ރަމަޟާންމަހު ނުވަތަ އެހެން ދުވަސްތަކެއްގައި) (1) ﷲ އަށް ތައުބާވުމެވެ.(2) އަދި ﷲ ގެ ޢިޤާބަށް (ޢުޤޫބާތަށް ބިރުވެރިވުމެވެ. 《 އިސްލާމް.ކިއު.އޭ.ސަފްޙާ 》

■ (2)މުބާޝަރާކުރުމުގެ ( ބީހުމުގެ )  ސަބަބުން އަންހެނާގެ ފަރުޖު ނޫން ( ޖިމާޢުނުވެ ) :: އަނބިމީހާއަށް ބޮސްދިނުމުގެ ސަބަބުން ނުވަތަ ބީހުމުގެ ސަބަބުން  މަނިބޭރުވެއްޖެނަމަ  (1) ފަހެ އެއިންސާނާގެ ރޯދަ ޤެއްލިއްޖެއެވެ. (2) އަދި އެއިންސާނާއަށް އެރޯދަ ޤަޟާކުރުންވެއެވެ. ■  4 މަޛްހަބު 

■(3)މުބާޝަރާކުރުމުގެ ( ބީހުމުގެ ) ސަބަބުން އަންހެނާގެ ފަރުޖު ނޫން ( ޖިމާޢުނުވެ ) :: އަނބިމީހާއަށް ބޮސްދިނުމުގެ ސަބަބުން ނުވަތަ ބީހުމުގެ ސަބަބުން  މަނިބޭރުވެއްޖެނަމަ  :: ފަހެ އެއިންސާނާގެ މައްޗަށް ކައްފާރާއެއްނުވެއެއެވެ.■ ޖުމްހޫރު

■(4)ރޯދަޔަށްހުރިހާލު ނަޒަރު ( ބެލުން )ތަކުރާރު ކުރުމުގެ ސަބަބުން ( ޝަހްވަތް އަންނަ ފަދަ ބެލުން … ހަލާލު އަނބިމީހާއަށް ނުވަތަ ޙަރާމް ބެލުމަކުން…) މަނިބޭރުވެއްޖެނަމަ :: މިހާލަތުގައި އެއިންސާނާ ރޯދަ ޤެއްލޭނެތޯ ނުވަތަ ނޫންތޯ ޢިލްމުވެރިންގެ މެދުގަައި  2 ބަސްފުޅަކަށް ޚިލާފު އުފެދިފައިވެއެވެ 

(1)މިހާލަތުގައި ރޯދަ ޤެއްލޭނެ އެހެންނަމަވެސް ކައްފާރާއެއްނުވޭ ■  ޙަންބަލީ މަޛްހަބު ، ސަލަފުންގެ ބައެއް ބޭފުޅުން ، އިބްނު ޢުޘައިމީން ، ލަޖްނާ އައް ދާއިމާ ފަތުވާ

(2)މިހާލަތުގައި ރޯދަ ނުޤެއްލޭނެ ■ ޙަނަފީ އަދި ޝާފިޢީ މަޛްހަބު  އަދި ސަލަފުންގެ ބައެއް ބޭފުޅުން

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button