ޚަބަރު

ކެލާ ރައްޔިތުންގެ ދުޅަހެޔޮކަމާ ގުޅިފައިވާ އުންމީދީ ބިނާ

މި ފެންނަނީ ކެލާ ރައްޔިތުންގެ ދުޅަހެޔޮކަން އެހެން ހަރުފަތަކަށް ގެންގޮސްދޭނެކަމުގެ ހުރިހާ އުންމީދަކާ ގުޅިފައިވާ ކެލާ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ ޢިމާރާތެވެ.

އިތުރުކުރެވޭ ޢިމާރާތެކޭ ދެންނެވިއަސް މިއީ އެއް ޢިމާރާތެއް ނޫނެވެ. ޖޫނިއަރ ހޮސްޕިޓަލަކަށް ވުރެ މި ތަން ކުޑަވާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. އެކި ފަންގެފިލާތައް ހިމެނޭ 3 ޢިމާރާތެއް މިތަނުގައި ބިނާކުރެވޭ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މި ދެންނެވި 3 ޢިމާރާތުގެ ތެރޭގައި 3 ފަންގެފިލާ ހިމެނޭ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހުރެއެވެ. މި ބްލޮކުގެ ކޮންމެ ފަންގެފިލާއެއްގައި 2 ކޮޓަރީގެ 2 އެޕާޓްމަންޓް ހުންނަ ކަމަށް ވެސް ވެއެވެ. މިހާރު ޕައުންޑޭޝަން އެޅުމަށް ކޮންނަމުންދަނީ އެކޮމޮޑޭޝަން ބްލޮކެވެ.

މިހާރު ފެންނަން މި ހުރީ، ނިމުނު ސަރުކާރުގެ މިނިސްޓަރެއްގެ ހިއްސާ އޮތް ކުންފުންޏަކާ ޙަވާލުކޮށްގެން ފައްޓާފައިވާ މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ނުދާތީ، އެއްބަސްވުން ބާޠިލް ކުރިއިރު، މަސައްކަތް ކުރިއަށް ގޮސްފައިވާ ވަރެވެ. ދާދި ފަހުގެ ތާރީޚެއްގައި އެހެން ކޮންޓްރެކްޓަރަކާ މި ސަރުކާރުން ވަނީ މަސައްކަތް ޙަވާލުކޮށްފައެވެ.

ފެޑޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން މިހާރު ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ ކެލާ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ރައްކާތެރިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ޕްރޮޖެކްޓެކެވެ. މަސައްކަތް ކުރިއަށް ނުގޮސް އަދިވެސް މަޑުޖެހިފަ އޮތުމަކީ ކެލާ ރައްޔިތުންގެ ކަަންބޮޑުވުމަށް ނިމުން ނާންނަ ކަމެކެވެ.

ހަލުއި ކަމާއެކު ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސްޕީޑުގައި މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާތަން ދެކެން ކެލާގެ ކޮންމެ ރައްޔިތަކު ވެސް ބޭނުން ވެއެވެ. ހޮސްޕިޓަލުގެ ޚިދުމަތް ކެލާ ރައްޔިތުންނަށް ލިބުމުގެ ހުރިހާ އުންމީދެއް ވެސް ގުޅިފައި ވަނީ މި ޕްރޮޖެކްޓްގެ މަސައްކަތް ނިމިގެން ކަމަށްވާތީވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button