ހޫނު ޚަބަރުޚަބަރު

އެފްއޭއެމް އެވޯޑް 2026ގެ މުހިންމު ކާމިޔާބީތަކެއް ހއ. އަތޮޅަށް

ހުޅުމާލޭގެ މެންހެޓަން ގްރޭންޑް ހޮޓަލުގައި ރޭ ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ގެ މުހިންމު ކާމިޔާބީތަކެއް ހއ. އަތޮޅަށް ލިބިއްޖެއެވެ.

އެ ގޮތުން މި އެވޯޑް ޙަފުލާގައި ނިމުނު ސީޒަންގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ޝަރަފު ހޯއްދެވި  އަޙްމަދު އައިހަމަކީ ހއ. އުތީމަށް އުފަން، އުތީމު ރައްޔިތެކެވެ. މާޒިޔާ ސްޕޯރޓްސް ކުލަބަށް ކުޅޭ އައިހަމް ވަނީ އެ ކުލަބާއެކު ދިވެހި ލީގާއި، ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމުގެ އިތުރުން ގައުމީ ޓީމަށް ވެސް މެޗުތަކެއް ކުޅެދީފައެވެ.

ރޭގެ އެވޯޑު ޙަފުލާގައި އެންމެ މޮޅު ރީޖަނަލް ކްލަބުގެ ދެވަނަ މަގާމު ހއ. ދިއްދޫ ސްޕޯޓްސް ކްލަބު ވަނީ  ހާސިލުކޮށްފައެވެ. މިއީ އަތޮޅު ފެންވަރުގައި ފުޓުބޯޅައިން ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ދިއްދޫއަށް ޤައުމީ ފެންވަރުގައި ކާމިޔާބީތަކެއް ހޯދުމަށް ލިބުނު އިތުރު ހިތްވަރެކެވެ. އަދި މިއީ މުޅި އަތޮޅަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެވެ.

އެފްއޭއެމް އެވޯޑު 2026ގެ އެންމެ މޮޅު ރެފްރީ ކަމުގައިވާ ހުސައިން ސިނާނަކީ ވެސް ހއ. އަތޮޅަށް ނިސްބަތްވާ ރައްޔިތެކެވެ. ހއ. ވަށަފަރުގެ ދަރިއެކެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގައި ވެސް ރެފްރީކަން ކުރައްވަމުން އަންނަ ޙުސައިން ސިނާނަކީ ފީފާ ރެފްރީއެއް ވެސް މެއެވެ.

8 އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި އެފްއޭއެމް އެވޯޑު 2026ގެ ފަޚުރުވެރި ވަނަތައް ޙާޞިލްކުރެއްވި އެންމެހައި ފަރާތްތަކާއި، ޓީމުތަކަށް ތިލައުތުރު ނޫހުގެ ފަރާތުން ތަހުނިޔާ ކިޔަމެވެ. ޚާއްޞަކޮށް ހއ. އަތޮޅަށް ލިބުނު ކާމިޔާބީތަކުގެ ޙައްޤުވެރި ފަރާތްތަކަށް ޝުކުރާއި ތަޢުރީފުގެ ބަސްތައް ވެދުންކުރަމެވެ.  

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

Leave a Reply

Your email address will not be published. Required fields are marked *

Back to top button