ޚަބަރު

ހއ. އަތޮޅުގެ 1 ވަނަ މާރަންދޫއާއި، ވަށަފަރަށް،  2 ވަނަ ދިއްދޫއާއި ކެލައަށް 

މިހާރު ހިނގަމުންދާ ގޯލްޑަން ފުޓްސަލް 2025 ގެ ހއ. އަތޮޅުގެ 1 ވަނަ މާރަންދޫއާއި، ވަށަފަރަށް، 2 ވަނަ ދިއްދޫއާއި، ކެލައަށް ލިބިއްޖެއެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި މިއަދު ހަވީރު ކުޅުނު މާރަންދޫއާއި، ފިއްލަދޫގެ މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ މާރަންދޫއެވެ. މާރަންދޫ ޓީމަށް ލަނޑު ޖަހައިދިނީ އެ ޓީމުގެ އަދުހަމް ޢަލީއާއި، ޙުމައިދު ޙުސައިނާއި އަދި ޙަމްދޫން ޢަބްދުއްލަޠީފެވެ. ފިއްލަދޫ ޓީމުން 2 ލަނޑު ވެސް ޖެހީ އާދަމް ރިޟުވާނެވެ. ކެލާއާއި، ބާރަށް ބައްދަލުކުރި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ބާރަށެވެ. ކެލާ ޓީމުން 2 ލަނޑު ވެސް ޖެހީ އަޙްމަދު ވަޙީދެވެ. ބާރަށު ޓީމުން ލަނޑު ޖެހީ މުޙައްމަދު ޢައްފާނާއި، އަޙްމަދު ޝަޒީމާއި އަދި މުޙައްމަދު މާއިޒު ޔޫސުފެވެ.

މާރަންދޫއާއި، ފިއްލަދޫ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާރަންދޫ ޓީމުގެ ޖަރޒީ ނަންބަރު 13 ޙަމްދޫން ޢަބްދުލްލަޠީފެވެ. ކެލާއާއި، ބާރަށް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާރަށު ޓީމުގެ ޖަރޒީ ނަންބަރ 13 މުޙައްމަދު މާއިޒު ޔޫސުފެވެ.

ހއ. ގެ 2 ގުރޫޕުގެ މެޗުތައް ނިމުނު އިރު،  9 ޕޮއިންޓާއެކު އޭ ގުރޫޕުގެ 1 ވަނާގައި އޮތް މާރަންދޫ ސެމީގައި ބައްދަލުކުރާނީ 9 ޕޮއިންޓާއެކު ބީ ގުރޫޕުގެ 2 ވަނާގައި އޮތް ދިއްދޫއާއެވެ. 10 ޕޮއިންޓާއެކު ބީ ގުރޫޕުން 1 ވަނަ ހޯދި ވަށަފަށް ބައްދަލުކުރާނީ 7 ޕޮއިންޓާއެކު އޭ ގުރޫޕުގެ 2 ވަނާގައި އޮތް ކެލާ ޓީމާއެވެ.

ތާވަލު ހަމަޖެހިފައިވާ ގޮތުން ހއ. އަތޮޅުގެ ސެމީ ފައިނަލް އޮންނާނީ މި މަހުގެ 27 ވާ ހޯމަ ދުވަހެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button