ދީން

34 ވަނަ ފިލާވަޅު■■ ރޯދައިގެ ޝަރުޠުތައް (ޝަރުޠުތަކަކީ ރޯދަ ހިފުމުގެ ކުރިން އެފަރާތެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ކަންތައްތަކެވެ.)  ■■

■(3) ■ބުއްދިހުރުން (ދެވަނަ ބައި) 

(3) ބައްޔެއްގެ ސަބަބުން ބުއްދީގައި އުނިކަމެއްހުރުން :ބުއްދީގައި ހުރި އުނިކަމެއްގެ ސަބަބުން  ބައެއް ފަހަރު ދައްކާ ވާހަކަ ބުއްދިހުރި ފަރާތެއް ދައްކާ ވާހަކައާއި އެއްގޮތްވުން އަދި ބައެއް ފަހަރު ދައްކާ ވާހަކަ މޮޔަ ބޭފުޅެއް ދައްކާ ވާހަކާއި އެއްގޮތްވުން (މިސާލު:ގިނަ ވާހަކަތައް) 

■މޮޔައެއްގެ މިންވަރަށް ނުދިޔަކަމުގައިވިޔަސް މިފަދަ ބޭފުޅަކަށް  (1) ރޯދަ ވާޖިބުވެގެންނުވެއެެވެ. (2) އަދި (ޤެއްލޭ) ރޯދަ ޤަޟާކުރާކަށް ވެސް ނުޖެހޭނެއެވެ. ● މުސްލިމުންގެ އިއްތިފާޤު (އިބްނު ޢަބްދުލް ބައްރު (ރަޙިމަހު ﷲ) ނަޤުލް ކުރައްވާ ))

(4) މުސްކުޅިވުމުގެ ސަބަބުން ބުއްދި ފަސާދަވެފައިވުން ( މިސާލު:އެކަކު އަނެކަކު ވަކިކުރަން ނޭނގޫން، ކަންކަން ހަނދާންނެތިފައިހުރުން، ބައެއް ފަހަރު ދައްކާ ވާހަކަ ބުއްދިހުރި ފަރާތެއް ދައްކާ ވާހަކައާއި އެއްގޮތްވުން އަދި ބައެއް ފަހަރު ދައްކާ ވާހަކަ މޮޔަ ބޭފުޅެއް ދައްކާ ވާހަކާއި އެއްގޮތްވުން )

■މިފަދަ ބޭފުޅަކަށް  (1) ރޯދަ ވާޖިބުވެގެންނުވެއެެވެ. (2) އަދި ( ޤެއްލޭ ) ރޯދަ ޤަޟާކުރާކަށްވެސް ނުޖެހޭނެއެވެ. : ● އިބްނު ބާޒު ، އިބްނު ޢުޘައިމީން  (  ރަޙިމަހުމާ ﷲ )

(5) ހޭނެތުމުގެ ސަބަބުން ބުއްދިފިލާގެން ދިޔުން 

■ރޯދައިގެ ވަޤުތުގައި އެއްކޮށް ހޭނެތިފައިވާނަމަ: އެބަހީ: ހޭނެތުނީ ފަތިސް (ދެވަަނަ ފަޖުރު، ފަތިސް ބަންގި) ގެ ކުރިންނެވެ. ދެން އިރުއޮއްސެންދެން ވެސް ވަނީ ހޭނެތިފައެވެ. މިހާލަތުގައި ރޯދަ ޞައްޙަވެގެންނުވެެއެވެ. އެހެންނަމަވެސް އެރޯދަ ފަހުން ޤަޟާކުރަންޖެހޭނެއެވެ : ● ޖުމްހޫރު (މާލިކީން ، ޝާފިޢީން، ޙަންބްލީން)

■ރޯދަޔަށް ނިޔަތްގަތުމަށްފަހު ފަތިސްވުމުގެ ކުރިން ހޭނެތިއްފައި ދެން އެއަށްފަހު ހޭއެރީ އިރުއޮއްސުމުގެ ކުޑަ ވަޤުތުކޮޅެއް ކުރިންކަމުގައިވާނަމަ އެރޯދަ ޞައްޙަވާނެއެވެ. އަދި އެރޯދަ ފަހުން ޤަޟާކުރާކަށް ނުޖެހޭނެއެވެ  ● މަޛްހަބު ޝާފިޢީ ، އަދި މަޛްހަބު ޙަންބަލީ 

■މަސްތުވާ އެއްޗެއްގެ ސަބަބުން ބުއްދި ފިލައިގެން ގޮސްފިނަމަ ، އެއިންސާނާގެ ޙުކްމަކީ ހަމަ ހޭނެތިފައިވާ އިންސާނާގެ ޙުކުމެވެ…●( މަތީގައި އެ 2 ހާލަތް ބަޔާންވެފައި އެވަނީ އެވެ…●(1) މަަަސްތުވުމުގެ ސަބަބުން ރޯދަ ވަޤުތުގައި އެއްކޮށް ބުއްދިފިލާފައިވާނަމަ އެެ ރޯދަ ޞައްހައެއްނުވާނެއެެވެ.އަދި ފަހުން ޤަޟާކުރަންޖެހޭނެއެވެ. ●(2) ރޯދަަޔަށް މަސްތުވުމުގެ ސަބަަބުން ބުއްދި ގެއްލިފައިވިއެވެ. އެެހެންނަމަވެސް އިރުއޮއްސުމުގެ ކުރިން ބުއްދި ރަނގަޅުވެއްޖެނަމަ އެރޯދަ ޞައްޙައެވެ.އަދި އެރޯދަ ފަހުން ޤަޟާކުރާކަށް ނުޖެހޭނެއެވެ. ) ●

(6)އިންސާނާގެ ހަނދާންނެތުން ގޮސްފިކަމުގައިވާނަމަ(( ދިމާވާ ޙާދިޘާއެއްގެ ސަބަބުން ، ބައްޔެއްގެ ސަބަބުން، މުސްކުޅިވުމުގެ ސަބަބުން :: އާއްމުކޮށް ގިނަ ކަންތައްތައް އަބަދު ހަނދާންނެތުން)) ، އެއިންސާނާއަށް ރޯދަ ވާޖިބުވެގެންނުވެއެވެ ●  (ލަޖުނައް ދާއިމާގެ ފަތުވާ ، އިބްނު ޢުޘައިމީން) 

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button