ކެލާ ޔޫތު ފޯރަމް ސްޕޯރޓްސް އެކަޑަމީގެ ހޭންޑްބޯޅަ މުބާރާތް މިއަދު ފަށަނީ

ކެލާގެ އެންމެ ގިނަދުވަސްވި ޖަމްޢިއްޔާ އަދި އެންމެ ގިނަ ދުވަސްވީ އެކަޑަމީގެ ހޭންޑްބޯލަ މުބާރާތް މިއަދު ހަވީރު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.
ކޭވައިއެފް ސްޕޯރޓްސް އެކަޑީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި ޖޫނިއަރ ބަޔާއި، ސީނިއަރ ބައި ކުރިއަށްދާނީ ތަފާތު ދެ މުބާރާތެއްގެ ގޮތުގައެވެ.
މިއަދު ހަވީރު ފަށާ މި މުބާރާތުގެ ކުޅުން އަންނަ ނޮވެންބަރު މަގުގެ ދެ ވަނަ ދުވަހުގެ ނިއަލަށް ކުރިއަށްދާނެ ކަމަށް ކެލާ ޔޫތު ފޯރަމްގެ ރައީސް އިބްރާހީމް ޢާމިރު އުޘްމާނު ވިދާޅުވިއެވެ.
މުބާރާތުގައި ވާދަކުރާ ހުރިހާ ކުޅުންތެރިންނަށް ގޯލްޑް މެޑަލް ލިބޭ މި މުބާރާތުގެ މެޗުތަކުގެ ކުޅުން އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4.00ގައެވެ.
މިއީ އެ އެކަޑީގެ ދަރިވަރުންނަށް ވާދަވެރި މެޗުތަކެއްގައި ކުޅުމުގެ ފުރުޞަތު ހޯއްދަވައިދެއްވުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ މުބާރާތެކެވެ.
ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތަށް މި އަހަރު އެންމެ ބޮޑު އެހީތެރިކަމެއް ދެއްވާފައިވަނީ އެމްއެމް ޓީވީއާއި، ކިހައްޑިހަ އިންވެސްޓްމަންޓުންނެވެ.




