ދީން

168 ވަނަ ފިލާވަޅު : ރޯދަ ދޫކޮށްލުން ހުއްދަ މީސްތަކުން

(2)ދަތުރުވެރިޔާ ( ފުރަތަމަ ބައި ) 

■(1)ދަތުރުވެރިޔާއަށް ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ ■ 4 މަޛްހަބު

■ (2)ދަތުރުވެރިޔާއަށް ރޯދަހިފުމަށް އުނދަޤޫކަމެއްކަމުގައި ނުވާނެނަމަ  ، އަދި ( ދަތުރުގެ ހާލަތުގައި ) ރޯދަދޫކޮށްލުމާއި ރޯދަހިފުން ހަމަހަމަވެއްޖެނަމަ ■ މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ( ރޯދަހިފުންތޯ ނުވަތަ ރޯދަ ދޫކޮށްލުންތޯ ) ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ.  

(1)މިހާލަތުގައި އެބޭފުޅާއަށް އެންމެ ރަނގަޅު ގޮތަކީ ރޯދަހިފުމެވެ.■ ޖުމްހޫރު

(2)މިހާލަތުގައި އެބޭފުޅާއަށް އެންމެ ރަނގަޅު ގޮތަކީ ރޯދަ ދޫކޮށްލުމެވެ.■ ޙަންބަލީ މަޛްހަބު ، ސަލަފުންގެ ބައެއް ބޭކަލުން ، އިބްނު ތައިމިއްޔާ ، އިބްނު ބާޒު 

■(3)ދަތުރުވެރިޔާއަށް ރޯދަހިފުމަށް އުނދަޤޫކަމެއްކަމުގައިވާނެނަމަ ، އަދި ( ދަތުރުގެ ހާލަތުގައި ) ރޯދަދޫކޮށްލުމާއި ރޯދަހިފުން ހަމަހަމަވެއްޖެނަމަ ■ މިހާލަތުގައި  ރޯދަވެރިޔާއަށް ރޯދަދޫކޮށްލުން  އަޢުލާވެގެންވެއެވެ. ■ 4 މަޛަހަބު

■ (4)ދަތުރުވެރިޔާ ރަށަކަށް 4 ދުވަހަށްވުރެ ގިނަ ދުވަހު ޤާއިމްވުމަށް ދާނަަމަ ( އެރަށުގައި 4 ދުވަހަށްވުރެ ގިނަ ދުވަހު ޤާއިމްވާނަމަ ) ■ މަހާލަތުގައި ރޯދަ ދޫކޮށްލުން ހުއްދަވެގެންނުވެއެވެ ■ޖުމްހޫރު 

(ބައެއް ޢިލްމުވެރިންގެ އަރިހުގައި ދަތުރަކަށްވާނަމަ ކިތަންމެ ގިނަދުވަހު މަޑުކުރިކަމުގައިވިޔަސް ދަތުރުގެ ލުއި ފަސޭހަކަން ހިފޭނެއެވެ  އެބަހީ: ރޯދަ ދޫކޮށްލެވިދާނެއެވެ.)

■ (5)ދާއިމްވާގޮތަށް ހުންނަ ކަހަލަ ދަތުރުވެރިން : މިޘާލު : (1) މަތިންދާބޯޓު ދުއްވާ ބޭފުޅުން ، (2) ރޭލުތައް ދުއްވާ ބޭފުޅުން..(3) ބޯޓް ދަތުރުކުރާ ބޭފުޅުން… އަދިވެސް މިފަދަ ބޭފުޅުން… ދަތުރުކުރާ ރަށްތަކަށް ދާއިރު ( މިހާލަތުގައި ބަލާނީ ދަތުރުވެރިއެއްގޮތުގައި : އަސްލު ރަށުގެ ގެތައް ފަހަނައަޅައި ދިޔުމުން ދަތުރުގެ ލުއި ފަސޭހަ ކަންތައްތަކުގައި ހިފޭނެއެެވެ.) ■ އިބްނު ތައިމިއްޔާ ، އިބްނު ޢުޘައިމީން ( ރަޙިމަހުމު ﷲ ) 

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button