ދީން

162 ވަނަ ފިލާވަޅު: ރަމަޟާންމަސް ނިކުންކަތް ޘާބިތުކުރާ ގޮތްތައް

■■(1)ޝައްވާލު މަހުގެ ހަނދު ފެނުން  (ހަނދު ބަލާނީ ރަމަޟާންމަހު 29 ވަަނަ ދުވަހުގެ ރޭ އިރުއިއްސޭ ވަޤުތު އެއީ 30 ވަނަ ވިލޭރޭ) 

■ (1)މަދުވެގެން 2  އަދުލުވެރި ހެކިވެރިން ޝައްވާލު މަހުގެ ހަނދު ފެނުނުކަމަށް ޚަބަރު ދޭންޖެހޭނެއެވެ. ■ 4 މަޛްހަބު ، ގިނަ ޢިލްމުވެރިން

■ (2)ޝައްވާލު މަހުގެ ހަނދު އެންމެ ބޭފުޅަކަށް ފެނިއްޖެނަމަ ،.ފަހެ  މީސްތަކުން ރޯދަ ވީއްލައިފުމަށް ދާންދެންެ އެއިންސާނާ ރޯދަ ނުވީއްލާނެއެވެ.(އެބަހީ : ތަބާވާނީ މީސްތަކުން ޢަމަލުކުރާ ގޮތަށެވެ. އެބޭފުޅާއަށް ހަނދު ފެނުނަސް މާދަން ޢީދު ކަމަކަށް އެބޭފުޅާއަށް ނުބަލާނެއެވެ.)

■■(2)ރަމަޟާންމަހުގެ 30 ދުވަސް ހަމަކުރުން 

■ (1)ރަމަޟާން   (30 ވަނަ ވިލޭރޭ) ، 29 ވަަނަ ދުވަހު ހަނދު ނުފެނިއްޖެނަމަ ، ފަހެ އެހާރުން ރަމަޟާން މަހު 30 ވަނަ ދުވަސް ހަމަކުރުން  (އެދުވަހު ރޯދައަށް ތިބުން) ވާޖިބުވެގެންވެއެވެ. ■ މުސްލިމުންގެ އިއްތިފާޤު (އިބްނު ތައިމިއްޔާ (ރަޙިމަހު ﷲ) ނަޤުލްކުރައްވާ)

■ (2)ރަމަޟާން   (30 ވަނަ ވިލޭރޭ) ، 29 ވަަނަ ދުވަހުގެ ރޭ ހަނދުފެނި ( 2 އަދުލުވެރިންނަށް) ، އަދި މީސްތަކުންނަށް އެކަން އެގުނީ ޖެހިގެން އައި ދުވަހުގެ ދުވާލުގެ ބައެއް ދިޔަފަހުން ކަމުގައިވާނަމަ  : އެއީ މެންދުރު އިރު މެދުޖެހުމުގެ ކުރިން ކަމުގައިވާނަމަ  :: ފަހެ މީސްތަކުން (1)  ރޯދަ ވީއްލައި (2) ޢީދު ނަމާދު ކުރާށެވެ.■ މުސްލިމުންގެ އިއްތިފާޤު (އިބްނު ޢަބްދުލް ބައްރު (ރަޙިމަހު ﷲ )  ނަޤުލްކުރައްވާ) 

■ (3)ޝައްވާލު މަހު ހަނދު ފެނުނީ ދުވާލުގެ ވަޤުތު ކަމުގައިވާނަމަ  ●(( އެބަހީ : ރަމަޟާން  ( 30 ވަނަ ވިލޭރޭ  ހަނދު ބަލާފައި ނުފެނުނު އެހެންނަމަވެސް އެދުވަސް ފަތިސް ފަހުން (ރަމަޟާން 30 ގެ) ދުވާލު ވަޤުތު ހަނދު ފެނުން )) ● ހަނދު ފެނުނީ  މެންދުރު އިރު މެދުޖެހުމުގެ ކުރިން  ނުވަތަ ފަހުންކަމުގައިވިޔަސް : މިހާލަތުގައި ރޯދަ ނުވީއްލާނެއެވެ. ރަމަޟާންމަހު 30 ވަނަަ ދުވަސް ހަމަކުރާނީއެވެ. ■ 4 މަޛްހަބު ، ބައެއް ސަލަފުންގެ ބޭކަލުން …

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button