ދީން

161 ވަނަ ފިލާވަޅު : ރޯދައިގެ ސުންނަތްތަކާއި އަދަބުތައް (ދެ ވަނަ ބައި) 

■ (9)ރޯދަވެރިޔާ ނުބައި ކަންތައްތަކުން ދުރުހެލިވުމާއި ހެޔޮކަންތައްތަކުގައި މަޝްޢޫލުވުން

ރޯދަވެރިޔާއަށްވަނީ ނުބައި ކަންތައްތަކުން (ފާފަތަކުން) ދުުރުހެލިވުމެވެ. ރޯދައަށް ހުރެ ނުބައި ކަންތައް ކަންތަކުގެ ސަބަބުން އެރޯދައަށް އަޘަރުކުރެއެވެ.(އެރޯދަ ޒަހަމްކޮށްލައެވެ.) އަދި ރޯދަައިގެ ހެޔޮކަން މަދުކޮށްލައެވެ.(ނުބައި ކަންތައްތަކުގެ ސަބަބުން ). ● އޭގެ ތެރޭގައި ؛ މިޘާލު. (1) ޣީބަ ބުނުން (އަނެކާ ހިންހަމަނުޖެހޭ ވާހަކަތައް ދެއްކުން: ޣީބަބުނުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގަައި ހިމެނޭ ކަމެކެވެ..) (2) ދޭތެރެ ޖެއްސުން (އެކަކުގެ ވާހަކަ އަނެކަކަށް ނަޤްލުކުރުން ފަސާދަ އުފެއްދުމުގެ ބޭނުމުގައި)   (3) ދޮގުހެދުން. (4) އޮޅުވައިލުން.  (5) އެހެން މީސްތަކުންނަށް މަލާމާތްކުރުން  (6) މިޔުޒިކު އަޑުއެހުން    (ނޯޓް: މި ފަދަ ކަންތައްތައް މުޖުތަމަޢުގައި އާއްމުވެ ، ޤާނޫނީ ގޮތުން  މިޔުޒިކު ކުޅޭ ތަންތަން އެޅުނުކަމުގައިވިޔަސް، ސުކޫލުތަކުގައި ކިޔަވައިދެވުނުކަމުގައިވިޔަސް : މިޔުޒިކު އަޑުއެހުން ހުއްދަނޫންކަމަށް މުސްލިމުންގެ އިއްތިފާޤު ނަޤްލުކުރެވުފައިވެއެވެ.  .ބުއްދިވެރިއަކީ އިސްލާމްދީނުގައިވާ އުސޫލުތަކުގައި ހިފަހައްޓާ އިންސާނާއެވެ. މުސްލިމުންގެ  ނަމޫނާއަކީ ރަސޫލާ (صلى الله عليه وسلم)އެވެ. މުޖުތަމަޢުގައި ފެތުރިފައި އޮންނަ ގޮތެއްނޫނެވެ.ނުވަަތަ ޤައުމުގައި މަތީ ފަންތީގައި ތިއްބަވާ އިސްބޭފުޅުންނަކީވެސް ޙަޤީީޤީ ނަމޫނާއެއްނޫނެވެ.( އެބޭފުޅުންގެ ކިބައިގައި ވާ ހެޔޮ ރަނގަޅު ކަންތައްތަކުގައި އެބޭފުޅުންނަކީވެސް ނަމޫނާއެކެވެ.) . މުސްލިމުންގެ ޙަޤީޤީ ނަމޫނާއަކީ ރަސޫލާ (صلى الله عليه وسلم) އެވެ.އަދު މުސްލިމުންނަށް އެންމެ ބޮޑަށް ޙާއްޖަތް ޖެހުގެންވާ އެއްކަމަކީ ރަސޫލާ (صلى الله عليه وسلم) ވަޑައިގެންނެވި އިސްލާމްދީނުގެ ޞައްޙަ ތަޢުލީމް އުނގެނި ވަޑައިގެން ، އެކަން އިންސާނާގެ ހަޔާތަށް ގެނައުމެވެ. ޙަޤީޤީ ދިރިއުޅުމުގެ ހިތްހަަމަޖެހުމާއި ކާމިޔާބުވަނީ އޭރުންނެވެ. މި ނަސޭހަތް އެންމެ ފުރަތަމަ އަޅުގަނޑުގެ އަމިއްލަ ނަފްސަށެވެ. އެއަށްފަހު އެންމެ ބޭކަލުންނަށެވެ ) (7) ޙަރާމް ތަކެއްޗަށް ބެލުން (ހިލޭ އަންހެންކުދިންނަށް ، ރަނގަޅު ނޫން ވީޑިއޯތަށް ، ޑުރާމާ ސިލްސިލާ ، ގައިގޯޅި މަންޒަރުތައް …).. އަދިވެސް      (ޚާއްޞަކޮށް ރޯދަޔަށް ހުންނައިރު) އެންމެހާ ނުބައި ކަންތައްތަކުންނާއި މުންކަރާތްތަކުން ދުރުހެލިވުން

■ހަމައެފަދައިން ރޯދަވެރިޔާ : ރޯދަ ޤެއްލޭ އެންމެހާ ކަންތައްތަކުން ދުރުހެލިވެ ހުންނަންޖެހޭނެއެވެ.އަދި އެންމެހާ ޙަރާމް ކަންތައްތަކުން ދުރުހެލިވެ ހުންނަންޖެހޭނެއެވެ. ● ރޯދަވެރިޔާ ވާންޖެހޭނީ ހެޔޮ ކަންތައްތަކުގައި މަޝްޣޫލުވެ (ދެމިހުންނަ)  ހުންނަ މީހެއްކަމުގައެވެ. :: މިޘާލު (1) ކީރިތި ޤުރުއާން ކިޔެވުން. (2) ގިނަ ގިނައިން ޛިކުރުކުރުން (3) ދުޢާކުރުން  (4) އެހެން މީސްތަކުންނަށް އިޙްސާންތެރިވުން ( ރިވެތިކޮށް މުޢާމަލާތް ކުރުން ، އަތުގައިވާ އެކި ތަކެތި އަނެކާއަށް ދިނުން : ކާބޯތަކެތި ، އެކި އެހެން ސާމާނު..) އަދިވެސް އެހެން ހެޔޮކަންތައްތައް ކުރުން ….

■ (10)ރޯދަވެރިޔާއަށް އެހެން މީހަކު ބަދުބަސްބުނުމުން (ޒުވާބުކޮށް ހަޑިހުތުރު ބަހުން މުޢާމަލާތް ކުރުން) ނުވަތަ ތަޅައިގަތުމުން : ބާރަށް މިފަަދައިން ބުނާށެވެ. ” إِنِّي صَائِمٌ ”  (މާނައީ : ތިމަންނައަކީ ރޯދަވެރިއެކެވެ.)

■ (11)ރޯދަވެރިޔާއަށް އެކުމަށް ދަޢުވަތެއް ދެވިއްޖެނަމަ ” إِنِّي صَائِمٌ ” މިފަދައިން ބުނާށެވެ.އަދި ދަޢުވަތު ދެއްވި ބޭފުޅާއަށް ދުޢާކޮށްދޭށެވެ .އެއީ ފަރުޟު ނުވަތަ ސުންނަތް ރޯދަޔަކަަށް ހުރިނަމަވެސް މެއެވެ. ● ދަޢުވަތު ދެއްވި ބޭފުޅާއަށް ، ރޯދަވެެރިޔާ ނުކައިފިނަމަ އޭގެ ސަބަބުންް ދެރަކަން އިޙްސާސްކުރެވި ، އުނދަޤޫ ވާނެނަމަ މިހާލަތުގައި ރަނގަޅު ގޮތަކީ ރޯދަ ވީއްލުމެވެ. އެއީ ސުންނަތް ރޯދައެއް ކަމުގައިވާނަމައެވެ. ފަހެ ފަރުޟު ރޯދައެއްނަމަ (ޤަޟާ، ނަޛްރު، ކައްފާރާ ) މިހާލަތުގައި ރޯދަ ދޫކޮށްލުން  (ކެއުން) ހުއްދަވެގެންނުވެއެވެ .

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات    ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button