144ވަނަ ފިލާވަޅު ■ ރޯދަ ފާސިދުވާ ކަންތައްތައް (ރޯދަ ބާޠިލްވާ ކަންތައްތައް)
(3) މަނި ބޭރުވުން (އެއިންސާނާ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަންތައްތަކުގެ ސަބަބުން) (ދެވަނަ ބައި)
(5)އެއްވެސް ކަމެއް (ޝަހްވަތް އަންނަ ފަދަ ތާކަށް، މަންޒަރަކަށް ބެލުން، މުބާޝަރާކުރުން (ބީހުން)) ނުކޮށް ހަމައެކަނި ފިކުރުކުރުމުގެ (ހިޔާލަށް ގެނައުމުގެ ސަބަބުން) ސަބަބުން (ޝަހްވަތް އަންނަ ފަދަ މަންޒަރެއް، ހާލަތެއް) މިހާލަތުގައި މަނިބޭރުވެއްޖެނަަމަ ރޯދައެއް ނުޤެއްލޭނެއެވެ. އެއީ ފިކުރުކުރުން (ހިޔާލަށް ގެނައުން.) ދެމިގެންދާ ގޮތަށް ކުރިޔަސް ނުވަތަ ނުކުރިޔަސްމެއެވެ. ■ ޖުމްހޫރު (ޙަނަފީ، ޝާފިޢީ، ޙަންބަލީ)
(6)ނިދާފައިވަނިކޮށް (އެއިންސާނާގެ އިޚްތިޔާރަކާއިނުލާ ) މަނިބޭރުވެއްޖެނަމަ :: މިހާލަތުގައު އެއިންސާނާގެ ރޯދަ ޞައްޙަވެގެންވެއެވެ. ■ މުސްލިމުންގެ އިއްތިފާޤު
(7)މަޛްޔު ބޭރުވުމުން ރޯދަވެރިޔާގެ ރޯދައެއް ނުޤެއްލޭނެއެވެ. ■ ޙަނަފީން ، ޝާފިޢީން ، އަޙުމަދުގެ ރިވާޔަތެއް ، އިބްނު މުންޒިރު ، ޞަންޢާނީ ، އިބްނު ޢުޘައިމީން
ނޯޓް. : އިބްނު ޢުޘައިމީން ( ރަޙިމަހު ﷲ ) ވިދާޅުވެފައިވެއެވެ. ” ޢިލްމުވެރިންގެ އެންމެ ޞައްޙަ ބަސްފުޅަކީ މަޛްޔު ބޭރުވުމުން ރޯދަވެރިޔާގެ ރޯދަ ނުޤެއްލޭނެއެވެ.އެއީ (1) އަންހެނާއަށް ބޮސްދިނުމުގެ ސަބަބުން.. ނުވަތަ (2) ޝަހްވަތް އަންނަ ފަދަ މަންޒަރުތަކަށް ބަލައިގެން : ނުވަތަ (3) އެހެންވެސް ސަބަބަކާއި ހުރެ..( ޝަހްވަތް އަންނަ ފަދަ ކަމެއް ކުރުން..) (މިހާލަތްތަކުގައިވެސް މަޛްޔު ބޭރުވުމުން ރޯދަ ނުޤެއްލޭނެއެވެ.) ●އެހެނެއްކަމަކު ( މަޛްޔު ބޭރުވެގެން ރޯދަ ނުޤެއްލުނަސް ބަޔާންވެދިޔަ ކަންތައްތައް ދިމާވުމުން ) (1) ރަނގަޅު ނޫން މަންޒަރުުތައް އިންސާނާ ބެލުން ހުއްދްވެގެންނުވެއެވެ. (2) އަދި ﷲ ޙަރާމްކުރައްވާފައިވާ ލަވަޔާއި މިޔުޒިކު އަނޑުއެހުން ހުއްދަވެގެންނުވެއެވެ…)
(މަޛްޔުގެ ތަފްޞީލު ތިރީގައި)
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم
ނޯޓް : މަނީގެ ސިފަތަކުގެ ތެރޭގައި (1) ޝަޙްވަތާއި އެކު ނިކުތުން ، ނިކުންނަ ފަހުން ވަރުބަލިކަން އިޙްސާސްކުރެވުން (2) ވަސް : ކަދުރު ރުއްކުރި (3) ކުއްލި ކުއްލިއަށް ނުކުތުން (4) ކުލަ: ފިރިހެނުންނަމަ : ގަދަ ހުދު ކުލައެއް ( އަޅި ހުދު)، އަންހެނުންނަމަ : މަޑު ދޮންކުލައެއް……■ މަޛްޔު : (1) ހުދު ލޮނދި ފެނެއް (2) އެއްދާންކުރަން އެނދޭ ހިނދު ، ފިކުރުކުރުމުން ނިކުތުން ( (3) ކުލަ ހުދުކުލައަަކަށް ދިޔައުން ) (4) ކުއްލި ކުއްލިއަށް ނުނުކުތުން، ( ތިކިތިކި ގޮތަށް ނިކުތުން ) ނިކުންނައިރު ޝަހްވަތްތެރިކަން އިޙްސާސްނުވުން ، ނިކުންނަ ފަހުން ވަރުބަލިކަން އިޙްސާސްނުކުރެވުން ، ވަހެއް ނުހުރުން ..އަންހެނާ އަދި ފިރިހެނާވެސް މަޛްޔު ނިކުމެއެވެ.
■ މަނީގެ ސަބަބުން ހިނައިގަތުން ވާޖިބުވެގެންވެއެވެ . އެއީ ހޭލާ ހުއްޓައި، ނުވަތަ ޖިމާޢުވުމުގެ ސަބަބުން ނުވަތަ ނިދީގައި ބޭރުވި ކަމުގައި ވިޔަސްމެއެވެ. ::: އެހެންނަމަވެސް މަޛްޔު ނިކުތުމުން ވާޖިބުވެގެންވަނީ ވުޟޫކުރުމެވެ.. ■ މަނި ތާޙިރެވެ. ހެދުމުގައި ހޭކިފައިވާނަމަ ކަހާނުލާ ނަމާދުކުރިޔަސް ފުދޭނެއެވެ..އެހެންނަމަވެސް ސުންނަތް ގޮތަކީ ކަހާލުމެވެ.އިބުން ޤުދާމާ ( ރަޙިމަހު ﷲ) އެހެންނަމެސް މަޛްޔުއަކީ ނަޖިހެކެވެ. މަޛްޔު ކުރިމަތިފަރާތް އަދި ދެން އިންނަބައި ދޮވެލަން ޖެހޭނެއެވެ..އަދި ވުޟޫ ޤެއްލޭނެއެވެ.ހެދުމުގައި ޖެހިފައިވާނަމަ ފެން ބުރުވާލުމުން ފުދޭނެ ، ހަށިގަނޑުގައި ޖެހިފައިވާނަމަ ދޮވެލުން ހިކިކޮށްހުއްޓަސް ނުވަތަ ތެތްކޮށް ހުއްޓަސް….والله أعلم
(މައުލޫމާތު ނެގިފައިވަނީ މައިގަނޑު މަޞްދަރަކީ : އިސްލާމް . ކިއު. އޭ ޞަފްޙާ)