ޚަބަރު

ކެލާ ފަޅުގައި 2 ރިސޯޓް ތަރައްޤީކުރާނަން: ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ކެލާ ފަޅުގައި 2 ރިސޯޓް ތަރައްޤީކުރައްވާނެ ކަމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މިހާރު ތިލަދުންމަތީ އުތުރުބުރީގެ 10 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ކެލާ ދާއިރާގައި ހިމެނޭ ފިއްލަދޫއަށް ވަޑައިގެން ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.  

ފިއްލަދޫ ރައްޔިތުންނާ މުޚާޠަބުކޮށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ފިއްލަދޫ، ކެލާ އަދި ވަށަފަރަކީ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ނިންމަވާފައިވާ ސަރަޙައްދުތަކެއް ކަމަށް ވިދާޅުވިއެވެ. އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާ ގުޅިގެން ހއ. އަތޮޅާއި، ހދ. އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އިސްކަމެއް ސަރުކާރުން ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ހދ. އަތޮޅުގައިވެސް ފަތުރުވެރިކަން ފުޅާކުރެއްވުމުގެ ގޮތުން ނާގޯށި ތަރައްޤީކުރުމާއި، އިތުރު ރަށްތައް ފަތުރުވެރިކަމަށް ގެނައުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި އުތުރުގެ 4 އަތޮޅަކީ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ތިލައުތުރަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކެލާ ފަޅުތެރޭގައި ރިސޯޓް ހެދުމަށް ޓަކައި ހަދަންޖެހޭ އީއައިއޭ ހަދާ ނިންމާ މިހާރު ވަނީ ފާސްކުރުމަށް ހުށަހެޅިފައެވެ. އަދި ރަށްތައް ތަރައްޤީކުރާ ގޮތުގެ ޕްލޭންތައް އެކުލަވައިލެވި ރައްޔިތުންގެ ޚިޔާލުވެސް އެ ޕްލޭނަށް ކެލާ ކައުންސިލުން ވަނީ ހޯއްދަވައިފައެވެ.

އިންޓަނޭޝަނަލް ބިޑަށް ހުޅުވައިލެވި، ކެލާ ފަޅުތެރޭގައި ރިސޯޓް ހެދި، އެ ކަމުގެ ނަފާ ކެލާ ރައްޔިތުންނަށް ކައިރި ތާރީޚެއްގައި ލިބިގެން ދިޔުމަކީ ކެލާ ރައްޔިތުން ދެކެން ބޭނުންވާ ހުވަފެނެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button