ކީރިތި ޤުުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި، ކެލާ ޔޫތު ފޯރަމްގެ ފުރަތަމަ ދަރިވަރު 22 ވަނަ ދުވަހު ކިޔަވަނީ

މިހާރު ހިނގަމުންދާ ކީރިތި ޤުުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި، ކެލާ ޔޫތު ފޯރަމް ތަމްސީލުކުރާ ފުރަތަމަ ދަރިވަރު 2025 ސެޕްޓެންބަރު 22 ވަނަ ދުވަހު ހަވީރު ދަންފަޅީގައި ކިޔަވާނެއެވެ. އެ ދަންފަޅީގައި ކިޔަވާނީ ބަލައިގެން ކިޔެވުމުގެ ބައިގައި ވާދަކުރާ ސަނީމް މުޙައްމަދު ޝިނާން މުނީރެވެ.
ކެލާ ޔޫތު ފޯރަމަކީ 36 ވަނަ ޤައުމީ މުބާރާތުގެ އެހެނިހެން މުއައްސަސާތަކުގެ ބައިގައި ވާދަކޮށް ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ހޯދާފައިވާ ޖަމްޢިއްޔާއެކެވެ. 36 ވަނަ ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުން މުޅި ރާއްޖޭން 1 ވަނަ ހޯދީ ވެސް ކެލާ ޔޫތު ފޯރަމް ތަމްސީލުކުރި ދަރިވަރެކެވެ. ޔައީސް މުޙައްމަދު ނިޔާޒެވެ.
37 ވަނަ ޤުރުއާން މުބަރާތުއި (މި އަހަރު) ހިތުން ކިޔެވުމުގެ ބައިގައި ވާދަކުރާ ދަރިވަރުން

37 ވަނަ ޤުރުއާން މުބަރާތުއި (މި އަހަރު) ހިތުން ކިޔެވުމުގެ ބައިގައި ވާދަކުރާ ދަރިވަރުން

ކެލާ ޔޫތު ފޯރަމަކީ ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމަށް މި ވޭތުވެ ދިޔަ 25 އަކަށް އަހަރު ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޤައުމީ ޤުރުއާން މުބާރާތުގައި އެ ޖަމްޢިއްޔާއިން ވާދަކުރަނީ ވެސް ޤުރުއާން ކިޔަވާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.