ޚަބަރު

ކެލާގައި 50 ހައުސިންގ ޔުނިޓު ތަރައްޤީކުރަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 57 ރަށެއްގައި 12000 އަށް ވުރެ، ގިނަ ހައުސިންގ ޔުނިޓު ތަރައްޤީކުރަން ފިނޭންސް މިނިސްޓްރީން އިޢުލާންކުރި މަޝްރޫޢުގެ ދަށުން ތިލަދުންމަތީ އުތުރުބުރީ ކެލާގައި 50  ހައުސިންގ ޔުނިޓު ތަރައްގީކުރަން ނިންމައިފިއެވެ.

މިމަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ)އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ.) އުޞޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ.

ފިނޭންސް މިނިސްޓްރީން ކުރެއްވި އިޢުލާނުގައިވާ ގޮތުން ނަމަ، ތިލަދުންމަތިން ހައުސިންގ ޔުނިޓް އަޅަން ނިންމާފައިވާ 11 ރަށަކީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. ކެލާ، ހއ. އުތީމު، ހދ. ކުރިނބި، ހދ. ނެއްލައިދޫ، ހދ. މަކުނުދޫ، ހދ. ނޮޅިވަރަންފަރު، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުއްޓެވެ.

ފިނޭންސް މިނިސްޓްރީން ކުރެއްވި އިޢުލާނުގައި، މި ރަށްތަކުގައި އަޅައި ޔުނިޓްތަކުގެ ޢަދަދު ވެސް ބަޔާންކުރައްވާފައި ވެއެވެ.

ހއ. ދިއްދޫ        200 ޔުނިޓް

ހއ. ހޯރަފުށި       200 ޔުނިޓް

ހއ. އިހަވަންދޫ      100 ޔުނިޓް

ހއ. ކެލާ          50 ޔުނިޓް

ހއ. އުތީމު        50 ޔުނިޓް

ހދ. ކުރިނބި       50 ޔުނިޓް

ހދ. ނެއްލައިދޫ      60 ޔުނިޓް

ހދ. މަކުނުދޫ       100 ޔުނިޓް

ހދ. ނޮޅިވަރަންފަރު   250 ޔުނިޓް

ހދ. ހަނިމާދޫ       500 ޔުނިޓް

ހދ. ކުޅުދުއްފުށި     2000 ޔުނިޓް

މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު، ރާއްޖޭގެ އުތުރުގައި 20،000 ހައުސިންގ ޔުނިޓް އަދި ދެކުނުގައި 20،000 ހައުސިންގ ޔުނިޓްގެ މަޝްރޫޢު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފައި ވެއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button