އެފްއޭއެމް އަތޮޅު ފުޓްސަލް މުބާރާތުގައި އިހަވަންދޫއާއި، ފިއްލަދޫ ވާދަކުރަނީ

2026ޖުލައި 6 ވަނަ ދުވަހު، އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެފްއޭއެމް އަތޮޅު ފްޓްސަލް މުބާރާތުގައި ހއ. އިހަވަންދޫއާއި، ފިއްލަދޫ ބައިވެރިވެއްޖެއެވެ.
މުޅިން އަލަށް އެފްއޭއެމުން ބާއްވާ މި މުބާރާތުގެ މެޗުތައް ހއ. އަތޮޅާއެކު އިތުރު 15 އަތޮޅެއްގައި އަތޮލު ބުރުގެ ކުޅުން ކުރިއަށްދާނެ ކަމަށް އެފްއޭއެމުން މަޢުލޫމާތުދެއްވާފައި ވެއެވެ. ޖުމްލަ 59 ޓީމު ވާދަކުރާ މި މުބާރާތުގައި އެއް ޓީމު ބައިވެރިވެފައިވާ 5 އަތޮޅެއްގެ ޓީމުތައް މިހާރުވެސް ވަނީ އަތޮޅު ޗެންޕިއަނުގެ ހައިސިއްޔަތުން ޒޯން ޗެމްޕިއަން ޝިޕަށް ކޮލިފައިވެފައެވެ.
އެ ޓީމުތަކަކީ ޓީމު މާފަންނާއި، ށ. ހިތަދޫއާއި، ޏ. ފުވައްމުލަކާއި، ށ. ކަނޑިތީމާއި އަދި ވ. ކެޔޮދޫއެވެ.
މި މުބާރާތުގައި ދެ ރަށް ބައިވެރިވެފައިވާ އަތޮޅުތަކުން އަތޮޅު ބުރުގައި ކުޅުމަށް ހަމަޖެހިފައި ވަނީ އެންމެ މެޗެކެވެ. އެއީ ޗެމްޕިއަނުން ހޮވުމަށް ބާއްވާ މެޗެވެ. ހއ. އަތޮލު ބުރުގެ އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އިހަވަންދޫގައެވެ. ފިއްލަދޫއާއި، އިހަވަންދޫ ބައްދަލުކުރާ މި މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުގައެވެ.
ހއ. ގެ އިތުރުން ދެ ޓީމު ބައިވެރިވެފައިވާ އަތޮޅުތަކުގެ ތެރޭގައި ރ. އަތޮޅާއި، ޅ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅާއި، ދ. އަތޮޅުގެ އިތުރުން ގދ. އަތޮޅު ހިމެނެއެވެ.




