ޚަބަރު

އިއްޔެގެ މެޗުތައް ކަނބާއަށް

ކެލާ ޔޫތު ފޯރަމްގެ ސްޕޯރޓްސް އެކަޑަމީން އިއްޔެ ހަވީރު ފެށި ހޭންޑްބޯޅަ މުބާރާތުގެ އިއްޔެގެ މެޗުތައް ކަނބާ ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު ޖޫނިއަރ ބައިގެ މެޗު ކަނބާ ކާމިޔާބުކުރީ ކަމަނައާ ބައްދަލުކޮށް 0-2އިންނެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ޓީމު ކަނބާގެ ހާޖަރު ޢަބްދުލްހަންނާނެވެ. 

ސީނިއަރ ބައިގެ މެޗު ކަނބާ ކާމިޔާބުކުރީ ވެސް ޓީމު ކަމަނައާ ބައްދަލުކޮށެވެ. މި މެޗު ކަނބުލޮ ކާމިޔާބުކުރީ 8-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނބާގެ އާމިނަތު ޔޫމީއެވެ.

އެކަމީގެ ދަރުވަރުންނަށް ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެ އެކަޑަމީން ކުރިއަށްގެންދާ މި މުބާރާތުގެ އިއްޔެގެ މެޗުތައް ޝަރަދުވެރިކޮށްދެއްވީ ޝައިޚްއިބްރހީމް ސުކޫލުގެ ލީޑިން ޓީޗަރ ފާޠުމަތު ނަޖުދާއެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

Leave a Reply

Your email address will not be published. Required fields are marked *

Back to top button