ދީން

62 ވަނަ ފިލާވަޅު: ހިނެއުން ވާޖިބުވާ ކަންތައްތައް : 6 ކެވެ. (މަތުން އަބީ ޝުޖާ / ޝާފިޢީ މަޛްހަބު) 

3 ކަމަކީ ފިރިހެނުންނާއި އަންހެނުން އޭގައި ހިމެނޭ ތިން ކަމެވެ. (އެބަހީ: ހިނައިގަންނަން ޖެހުމުގައި )

(1) ދެ ޚިތާނު ބައްދަލުވުން  ޖިމާޢުވުން: 4 މަޛްހަބު، ޤިނަ ޢިލްމުވެރިން

●ދެ ޚިތާނު ބައްދަލުވެ (އެއް ޚިތާނު އަނެއް ޚިތާނަށް ޖެހި) އެހެންނަމަވެސް ޖިމާޢު ނުވާނަމަ (ޚަޝަފާގެ މިންވަރު ނުވަންނަނަމަ) ނުވަތަ މަނިބޭރުނުވާނަމަ، ހިނައިގަތުން ވާޖިބުވެގެންނުވެއެވެ: މުސްލިމުންގެ އިއްތިފާޤު (އިބްނު ޢަރަބީ، އިބްނު ޤުތާމާ، ނަވަވީ، ޝައުކާނީ)

●އަންހެނާގެ ނުވަތަ ފިރިހެނާގެ ފުރަގަސްފަރާތަށް ޖިމާޢު ވެއްޖެނަމަ (ޚަޝަފާގެ މިންވަރު ވަންނަމަ) ހިނައިގަތުން ވާޖިބު: 4 މަޛްހަބު

(ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުގައި ބަޔާންކުރެވިފައިވޭ)

والله أعلم

އިތުރު ލިޔުން

Leave a Reply

Your email address will not be published. Required fields are marked *

Back to top button