131ވަނަ ފިލާވަޅު■■ ރޯދައިގެ ޝަރުޠުތައް (ޝަރުޠުތަކަކީ ރޯދަ ހިފުމުގެ ކުރިން އެފަރާތެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ކަންތައްތަކެވެ.)
(1)އިސްލާމްކަން
(1) ■■ރޯދަ ވާޖިބުވާނީ މުސްލިމަކަށެވެ. އަދި ރޯދަވާނީ މުސްލިމެއްގެ ކިބަައިންނެވެ. ކާފިރަކަށް ރޯދަ ވާޖިބެއްނުވާނެއެވެ.(އެއިންސާނާގެ މައްޗަށް ފުރަތަމަވަނީ މުސްލިމަކަށްވުމެެވެ) އަދި ރޯދަ ހިފިޔަސް ރޯދަ ޞައްޙަނުވާނެއެވެ. : މުސްލިމުންގެ އިއްތިފާޤު
(2) ■■ (އަސްލު)ކާފިރެއް ގޮތުގައި ހުރެފައި (ދެން އެއަށްފަހު) އިސްލާމްވާ އިންސާނާ (ހާލަތްތައް)
(1) (އަސްލު)ކާފިރެއްގެ ގޮތުގައި ހުރެފައި، ދެން އެއަށްފަހު އިސްލާމްވެއްޖެކަމުގައިވާނަމަ :: ކުރީގައި ކާފިރުކަންމަތީ ހުރިއިރު ގެއްލުނު ވާޖިބު ރޯދަތައް ޤަޟާކުރާކަށް ނުޖެހޭނެއެވެ. ■ މުސްލިމުންގެ އިއްތިފާޤު
(2)ކާފިރެެއް ރަމަޟާންމަހުގެ ތެރޭގަައި އިސްލާމްވެއްޖެނަމަ :: ރަމަޟާންމަހު ނުހިފިވާ ރޯދަތައް (އޭރު ކާފިރެއްގެ ގޮތުގައި ހުރުމުން) ފަހުން ޤަޟާކުރާކަށް ނުޖެހޭނެއެވެ■ 4 މަޛްހަބު ، ސަލަފުންގެ ބައެއް ބޭކަލުން
(3)ކާފިރެެއް ރަމަޟާންމަހުގެ ތެރޭގަައި އިސްލާމްވެއްޖެނަމަ :: އިސްލާމްވުމަށްފަހު ރަމަޟާންމަހު ބާކީވާ ދުވަސްތައް ( އެރޯދަމަހުގެ ކުރިއަށް އަންނަން އޮތް ދުވަސްތައް) ރޯދަހިފަން ޖެހޭނެއެވެ■ މުސްލިމުންގެ އިއްތިފާޤު
(4)ކާފިރެެއް ރަމަޟާންމަހުގެ ތެރޭގަައި އިސްލާމްވެއްޖެނަމަ ، އެއިސްލާމްވީ ދުވަހު (ދުވާލު ވަޤުތުގައި ކަމުގައިވާނަމަ) ބާކީ ވަޤުތުގައި (އިރުއޮއްސެންދެން) ރޯދައަށް ހުންނަންޖެހޭނެއެވެ. އެހެންނަމަވެސް އެދުވަހުގެ ރޯދަ ޤަޟާކުރާކަށް ނުޖެހޭނެއެވެ■ ޙަނަފީ މަޛްހަބު ، އިބްނު ތައިމިއްޔާ ، އިބްނު ޢުޘައިމީން (ރަޙިމަހުމު ﷲ)
(3) ■■އިސްލާމްދީނުން ބޭރުވެފައިވާ އިންސާނާ (މުރުތައްދުވެފައިވާ އިންސާނާ) : އިސްލާމެއްގެ ގޮތުގައި ފުރަތަމަ ހުރެފައި ކުރެވުނު ކަމެއްގެ ސަބަބުން އިސްލާމްދީނުން ބޭރުވެފައިވާ އިންސާނާ (ހާލަތްތައް)
(1) ދީނުން ބޭރުވެފައިވާ އިންސާނާ ، އޭނާގެ މައްޗަށް މުރުތައްދުވެފައިވާ ހާލު ފާއިތުވެފައިވާ ރޯދަތައް ޤަޟާކުރާކަށް ނުޖެހޭނެއެވެ ■ ޖުމްހޫރު (ޙަނަފީން، މާލިކީން، ޙަންބަލީން)
(2) ދީނުން ބޭރުވެފައިވާ އިންސާނާ ، އިސްލާމްވެއްޖެނަމަ : އޭނާ ދީނުންބޭރުވުމުގެ ކުރިން އިސްލާމްކަމުގައި ހުރިއިރު ގެއްލިފައިވާ ރޯދަތައް ޤަޟާކުރުން ވާޖިބުވާނެއެވެ ■ ޖުމްހޫރު (ޙަނަފީން، ޝާފިޢީން، ޙަންބަލީން)
(3) ރޯދައަށްހުރެވެފައި (ރޯދަ ހިފުމުގެ ވަޤުތުގެ ތެރޭގައި) އިންސާނާ ދީނުން ބޭރުވެއްޖެނަމަ ، އެރޯދަ ބާޠިލުވާނެއެވެ. އެރޯދަ ފަހުން ޤަޟާކުރަންޖެހޭނެއެވެ ■ މިފަދައިން ޝާފިޢީން އަދި ޙަންބަލީން ނައްޞުކުރައްވާފައިވެއެވެ.
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم