128 ވަނަ ފިލާވަޅު: ރޯދަ ތަޝްރީޢު (ފަރުޟު ކުރެއްވުމުގެ) ޙިކުމަތް
* ރޯދައިގެ މަސްލަޙަތުތައް (1) ސަލާމަތް ބުއްދިން އެނގިގެންދެއެވެ. (2) ތެދުމަގުގައިވާ ސާފު ސީދާ ފިޠުރަތުން އެނގިގެންދެއެވެ. އެހެންކަމުން މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުންނަށް ރޯދަ ޝަރުޢުކުރެއްވިއެވެ.(ހިފަންޖެހޭ އެއްޗެއް ގޮތުގައި ލެއްވިއެވެ)
އެއީ (1) އަޅުތަކުންނަށްވާ (އިންސާނުންނަށްވާ) ރަޙުމަތެއްކަމުގައެވެ. (2) އަދި އެބަައިމީހުންނަށް، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާވާ އިޙްސާންތެރިކަމަށްޓަކައެވެ. (3) އަދި އެބައިމީހުން ރައްކާތެރިކޮށްދޭ ރައްކާތެރިކޮށްދިނުމެއްކަމުގައެވެެ.(ފާފަތަކަށް އަރައިގަތުމުން) ((ޒާދުލް މަޢާދު، އިބުނުލް ޤައްޔިމް(ރަޙިމަހު ﷲ ))
* ރޯދައިގައި މަތިވެރި ޙިކުމަތްތަކެއްވެއެވެ. އަދި މަތިވެރި ފައިދާތަކެއްވެއެވެ. އޭގެތެރޭަގައި ހިމެނޭ ބައެއް ކަންތަަަކަކީ :
(1) ރޯދައަކީ: ﷲއަށް ތަޤްވާވެރިވުމަށްޓަކައި(އެކަން އިންސާނާގެ ކިބައިގައި) ހަރުލެއްވުމަށް ޓަކައިވާ
ވަސީލަތެކެވެ.
(2) ﷲ އިންސާނާއަށް ދެއްވާ ނިޢުމަތް ރޯދަވެރިޔާ އިޙްސާސްކުރެވޭނެއެވެ. (މިޝާލު:ކާތަކެތި، ބޯ
ތަކެތި…)
(3) ރޯދައިގެ ސަބަބުން ކަންކަން (އުނދަޤޫތަައް،…) ތަޙައްމަލުކުރުމަށް އިންސާނާގެ ނަފްސު
ތަރުބިއްޔަތުކޮށްދެއެވެ..
(4) ރޯދައިގެ ސަބަބުން އިންސާނާ ޝައިޠާނާގެ މައްޗަށް ގަދަވެގަނެވެއެވެ. (ﷲގެ އިޛްނަފުޅާއެކު
(އެ ގޮތަށް އިންސާނާ ޓުރޭނިންގު ކޮށްދެއެވެ.)
(5) ރޯދައިގެ ސަބަބުން މިސްކީނުންނަށް އޯގާތެރިވުމަށް މަގުދައްކައިދެއެވެ.
(6) ހަށިގަނޑުގައިވާ ނުރަނގަޅު ތަކެތިން ( ބޭކާރު ތަކެތިން ) ހަށިގަނޑުރައްކާތެރިކޮށްދީ ސާފުކޮށްދެއެވެ. އަދި ރަނގަޅު ޞިއްޙަތާއި ބާރު ރޯދައިގެ ސަބަބުން ހަށިގަނޑަށް ލިއްބައިދެއެވެ.
(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)
والله أعلم