ޚަބަރު

ޕީޓީއޭގެ މަސައްކަތު ދުވަހުގެ 1 ވަނަ ޔާގޫތު ހައުސް ހޯދައިފި

ކެލާ ޝައިޚް އިބްރާހީމް ސުކޫލުގެ ބެލެނިވެރިންނާ މުދައްރިސުންގެ ގުޅުމުގެ ފަރާތުން ފާހަގަކުރި މަސައްކަތު ދުވަހުގެ އެއް ވަނަ ޔާގޫތު ހައުސް ހޯދައިފިއެވެ. މި މަހުގެ ފަސް ވަނަ ފާހަގަ ކުރި މި މަސައްކަތު ދުވަހުގައި ސުކޫލުގެ މުދައްރިސުންނާއި ގިނަ ޢަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.

ސުކޫލުގެ ހައުސްތައް ތަމްސީލުވާ ގޮތަށް ބޭއްވި މި މަސައްކަތު ދުވަހު ޖުމުލަ 64702 (ފަސްދޮޅަސް ހަތަރު ހާސް ހަތް ސަތޭކަ ދެ ރުފިޔާ) ވަނީ ލިބިފައެވެ. އެއީ އަލިމަސް ހައުސްއިން ހޯދި 19428.33 ރުފިޔާއާއި، ފީރޯޒު ހައުސްއިން ހޯދި 20773.33 ރުފިޔާއާއި، އަދި ޔާގޫތު ހައުސްއިން ހޯދި 24500.33 ރުފިޔާއެވެ.

ހެޔޮ ނަތީޖާތަކެއް ޒަމާނުންސުރެން ހޯދަމުން އަންނަ، ޝައިޚް އިބްރާހީމް ސުކޫލުގެ ޕީޓީއޭއިން މި މަސައްކަތު ދުވަސް ފާހަގަކުރީ، ސުކޫލުގެ ދަރިވަރުންގެ ކުރިއެރުމާ ތަރައްްޤީއަށް ބޭނުންވާ ކަންކަން ކުރުމަށް ޓަކައި ބޭނުންވާ ފައިސާ ހޯދުމުގެ މަޤްޞަދުގައެވެ.

މި މަސައްކަތު ދުވަހު 1 ވަނަ ހޯދި ޔާގޫތު ހައުސްއަށް “ތިލައުތުރު” ނޫހުގެ ފަރާތުން ތަހުނިޔާކިޔަމެވެ. ގިނަ ޢަދަދެއްގެ ފައިސާ ހޯދައިދިން އަނެއް ދެ ހައުސްއިން ކޮށްދެއްވި މަސައްކަތް ވެސް މި ނޫހުގެ ފަރާތުން ފާހަގަކޮށް މި ތަހުނިޔާގައި ޝާމިލުކުރަމެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Check Also
Close
Back to top button