ބަހާއި އަދަބު

މަރުޙަބާގެ ތަރާނާ

އަޙްމަދު ވަޙީދު ޢަލީ ވެހި. ހއ. ކެލާ

މާއުފާވެރިމީ ބަހާރޭ  ރޫޙު ތާޒާވެސް ކުރާ

ހާއުފާވެރި އައިމި ޢީދޭ މަރުޙަބާ ތަކުރާރުވާ

—————————————

މާމަލުގެ ތާޒާ ޢަބީރުން މީރުވަސް ފަތުުރާ ކެލާ

ހާމަވާ އުފާލާއެކީ ޢީދުގެ މުބާރަކު ވެސްކިޔާ..! ކެލައިންކިޔާ..!

މާމެލާމެލި ފަރިވެ ފޮޅިލާހެން އެކީ ހިނިތުން ވެލާ

—————————————

އިހު އެވޭލާ ކުޅިވަރުން ދިވެހިން ސަގާފަތް ދައްކުވާ

އިހު ތިބީން ގުޅިލާމެހުނު ގޮތްތައްއަލުން ދިރުވާހަދާ..! ދިރުވާހަދާ..!

އިހު ކެލާ އޮތް ޤަދަރު ދީބުން ހޯދުމަށް އަތުކުރި އޮޅާ

—————————————

ތަހުނިޔާ ޢުމުގުން ހިތުގެ ލޯތްބާ އެކީމީ ދަންނަވާ

އަހުރަވެތި ހުރިހާ ޡުޔޫފުން ކުރަމެ ޝާމިލް ޢީދުގާ..! އައި ޢީދުގާ..!

ފަޚުރުވެރި މި ކެލާ”ހިތުން” ހިނިތުންވެގެން ތިބެ އުފަލުގާ

ނޯޓް: މިއީ 1447 ވަނަ އަހަރުގެ އަޟުޙާޢީދު ޤައުމީ ފެންވަރުގައި ކެލާގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތާ ގުޅިގެން ރަށަށް ޒިޔާރަތްކުރި މެހްމާނުންނަށް މަރުޙަބާ ދެންނެވުމަށް ހުށަހެޅި ލަވައެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button