ދީން

167ވަނަ ފިލާވަޅު: ރޯދަ ދޫކޮށްލުން ހުއްދަ މީސްތަކުން 

■ބަލިބޭފުޅާ  (ދެވަނަ ބައި) 

■ (5)ބަލިވުމުގެ ސަބަބުން ރޯދަ  ދޫކޮށްލުމަށްފަހު ، އެއަށްފަހު އެބަލިން ޝިފާލިބޭނެފަދަ (ދާއިމަށް ދެމިގެންނުދާނެ ބަލި) ބައްޔެއްނަމަ ،ދެން އޭގެ ފަހުން އެބަލިން ޝިފާލިބުން : މިހާލަތުގައި  އެޤެއްލުނު ރޯދަތަކުގެ ބަދަލުގައި އެހެން ދުވަސްތަކެއްގަައި އެރޯދަތައް ޤަޟާކުރުން ވާޖިބުވެގެންވެއެވެ■ މުސްލިމުންގެ އިއްތިފާޤު

(ޝިފާލިބޭނެފަދަ ބައްޔެއްނަމަ (ޑޮކްޓަރުން އެއީ ދެމިގެންދާނެ ބައްޔެއްކަމަށް ކަނޑަނާޅާނަމަ)  ފަހެ އެހާރުން ތިބާއަށް (އެބޭފުޅަކަށްވަނީ) ކިތަންމެ ދުވަހަކަށްފަހު ޝިފާ ލިބުނަސް ، އެޤެއްލުނު ރޯދަތަކުގެ ބަދަލުގައި އެހެންދުވަސްތަކެއްގައި ރޯދަ ހިފުމެވެ. އެއީ 1 އަހަރު ފަހުން ނުވަތަ 2 އަހަރު ފަހުން ނުވަތަ 3 އަހަރު ފަހުން  ﷲ ޝިފާ ދެއްވިޔަސް : އެޤެއްލުނު ރޯދަތަކުގެ ބަދަލުގައި އެހެންދުވަސްތަކެއްގައި ރޯދަ ހިފުމެވެ.) އިބްނު ބާޒު (ރަޙިމަހު ﷲ) 

■ (6)ބަލިވުމުގެ ސަބަބުން ރޯދަ  ދޫކޮށްލުމަށްފަހު ، އެއަށްފަހު އެބަލިން ޝިފާނުލިބޭނެފަދަ (ދާއިމަށް ދެމިގެންދާ ބަލި) ބައްޔެއްނަމަ ،:: ފަހެ މިހާލަތުގައި ކޮންމެ ދުވަހެއްގެ (ރޯދަނުހިފި ޤެއްލުނު) ބަދަލުގައި މިސްކީނަކަށް ކާންދޭށެވެ ■ 4 މަޛްހަބު ، ގިނަ ޢިލްމުވެރިންގެ ބަސްފުޅު..

( (1)ދޭ ކެއުމާއި (2) މިންވަރަށް ބަލާއިރު  ■ ދޭނީ މިސްކީނަކަށެވެ.(ފަޤީރުންވެސް ވަންނާނެ) ޞާއެއްގެ ދެބައި ކޮށްފައި އެއްބައެވެ.(އެއީ ކިލޯ ޤުރާމުންނަމަ 1.5  ކިލޯ ޤުރާމް ގާތްގަނޑަކަށް) އާއްމުކޮށް އެރަށެއްގެ (އެޤައުމެއްގެ) އަހުލުވެރިން ކައި އުޅޭ ތަކެތިން…. ދޭއިރު  އެއާއެކު ރިހަ ނުވަތަ މަސްދިނުން އެންްމެ ފުރިހަމައެވެ.(ވާޖިބެއްނޫނެވެ. ވާޖިބަކީ މަތީގައި ބަޔާންކުރެވިފައިވާ ބައެވެ.)  ■ އިސްލާމް. ކިއު. އޭ . ސަފްހާ ■

■ކާތަކެތި ދޭއިރު ކައްކާފަހުރި ތަކެތި. އަދި ނުކަައްކާ ހުރި ތަކެތިވެސް ދެވިދާނެ ■ އިބްނު ޢުޘައިމީން (ރަޙިމަހު ﷲ) ■ 

■ވީ އެންމެ އަވަހަކަށް (ރޯދަަތަކުގެ ބަދަލުގައި ކާންދިނުން ކުޅަދާނަވެގެންވާ ބޭފުޅާއަށް ވަޖިބުވެގެންވެއެވެ. ކުޅަދާނަކަން (ކާންދިނުމަށް)  ކުޅަދާނަކަން ލިބެންްދެން އެމިންވަރަށް ލަސްކޮށްލުން ހުއްދައެވެ.  (ރޯދަ ޤެއްލުނު ދުވަހުގެ އަދަދަށްވާ) ކާތަކެތި އެންމެ މީސްކީނަކަށް ކާންދިނަސް ތިމަންމެން އުއްމީދުކުރަނީ އެކަމުގައި މައްސަލައެއްނެތްކަމަށެވެ .އެއީ  ަވަރަށް ގިނަ ފިޤްހު ޢިލްމުވެރިންގެ ބަސްފުޅެވެ.■ އިސްލާމް.ވެބް) ■

■( ޝައިޙް ޞާލިޙް އަލް ފައުޒާން) ”  ކާންދިނުން ލާރިއަކުން ނުދޭނެއެވެ.” ■ ■” (ޖުމްހޫރުން (ރަޙިމަހުމު ﷲ) ވިދާޅުވަނީ  ކާންދިނުން ކާތަކެތިން ވާޖިބުވެގެންވެއެވެ…އަދި ރާޖިޙްގޮތަކީ ކާތަކެތީގެ ބަދަލުގައި އެއަށްވާ ފައިސާއިން ނެރުމުން އެ ފުދިގެންނުވުމެވެ..” (އިސްލާމް.ވެބް) ■

 ■ (7)ބަލިބޭފުޅާ އެބަލި އަމިއްލަ ނަފްސަށް ތަހައްމަލުކޮށް ރޯދަހިފައިފިނަމަ ، އެރޯދަ ފުދިގެންވެއެވެ. (އެބަހީ :ޞައްޙައެވެ.) ■ 4 މަޛްހަބު

(ބަލި ބޮޑު ދުވަހެއްގައި ތަހައްމަލުކޮށް ރޯދަ ހިފުން  މަކްރޫހާކަމަށް ފިޤްހު ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެހެންނަމަސް މިއާއެކު އެހިފި ރޯދަ ޞައްޙައެވެ.އަދި ފުދިގެންވެއެވެ.( ﷲ އިރާދަކުރެއްވިއްޔާ) ■ (އިސްލާމް.ވެބް) 

■ (8)އެދުވަހު ރޯދަހިފަން ފެށިއިރު ބައްޔެވެ. ދެން  އެއަށްފަހު ، އެދުވަހު ދުވާލު ވަޤުތު  އެބަލިން ރަނގަޅުވެއްޖެނަމަ (ﷲ ގެ އިރާދަފުޅާއެކު) □ މިހާލަތުގައި ރޯދަ ދޫކޮށްނުލެވޭނެއެވެ.  ރޯދަ ފުރިހަމަކުރުން ވާޖިބުވެގެންވެއެވެ ■ ޙަނަފީން ، ޝާފިޢީން ، ޙަންބަލީން : ނައްޞުކުރައްވާ ބަޔާންކުރައްވައެވެ.

■ (9)ބަލިވުމުގެ ސަބަބުން ރޯދަ ދޫކޮށްލިއެވެ.(އެދުވަހު ކަައިބޮއި ހެދިއެވެ.*  ދެން  އެއަށްފަހު ، އެދުވަހު ދުވާލު ވަޤުތު  އެބަލިން ރަނގަޅުވެއްޖެނަމަ (ﷲ ގެ އިރާދަފުޅާއެކު) : އެދުވަހު ބާކީ ބައިގައި (އިރުއޮއްސެންދެން ) □ ރޯދަ ޤެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަންޖެހޭނެތޯ ނުވަތަ ނޫންތޯ ޢިލްމުވެރިންގެ މެދުގައި ހިޔާލުފުޅު ތަފާތުވެފައިވެއެވެ :

□■ (1)އެދުވަހު ބާކީ ބައިގައި (އިރުއޮއްސެންދެން) □ ރޯދަ ޤެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުރުން ލާޒިމެއްނޫން (އެބަހީ : ކައިބޮއި ހެދުން ފަދަ ކަންތައްތައްކުރުން ހުއްދަ : މިހާލަތުގައި ■ މާލިކީންގެ ބަސްފުޅެއް ، ޝާފިޢީން ، ޙަންބަލީންގެ ރިވާޔަތެއް ، އިބްނު ޢުޘައިމީން (ރަޙިމަހުމު ﷲ) 

□■ (2)އެދުވަހު ބާކީ ބައިގައި (އިރުއޮއްސެންދެން) □ ރޯދަ ޤެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުރުން ލާޒިމް (އެބަހީ : ކައިބޮއި ހެދުން ފަދަ ކަންތައްތައްކުރުން  މިހާލަތުގައި ނުކުރެވޭނެ)  ■ ޙަނަފީންގެ ބަސްފުޅެއް ،  ޙަންބަލީން ،ޝާފިޢީންގެ ވަޖުހެއް ، ބައެއް ސަލަފުން  (ރަޙިމަހުމު ﷲ) 

(މައުލޫމާތު ނެގިފައިވަނީ ملخص فقه العبادات ، القسم العلمي بمؤسسة الدرر السنية މިފޮތުން)

والله أعلم

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button