ޚަބަރު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގި، ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ނިމިއްޖެ

ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކުލަބު ބޮޑުރިޔާ އެކަޑަމީ ގުޅިގެން ކެލާގައި ހިންގި ފަތަންދަސްކޮށްދިނުމުގެ ޕޮރޮގުރާމް ނިމިއްޖެއެވެ. މިއީ މި ހިނގާ އެޕްރީލް މަހުގެ 15 އިން 30އަށް ހިންގި ޕްރޮގްރާމެކެވެ.

ސުކޫލު ކުދިންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމުގައި ޖުމްލަ 167 ދަރިވަރުންނާއި އާންމުންގެ ތެރެއިން 2 މީހަކު ބައިވެރިވެ ޕްރޮގްރާމު ފުރިހަމަކޮސްފައި ވެއެވެ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޙައްވާ ފަޒުނާ ހާމަކުރެއްވި ގޮތުގައި މި ޕްރޮގްރާމު ކުރިއަށް ގެންދިޔުމުގައި ޝައިޚް އިބްރާހީމް ސުކޫލާއި، ކެލާ ކައުންސިލާއި، ކެލާ ޕޮލިހާއި، އަދި ޞިއްޙީ މަރުކަޒުގެ އެހީތެރިކަން ވަރަށް ބޮޑަށް އެ ކޮމިޓީއަށާއި، ކުލަބު ބޮޑުރިޔާ އެކަޑަމީއަށް ލިބިފައި ވެއެވެ.

ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންނަނީ، ރަށުގެ މުއައްސަސާތަކާ ގުޅިގެން މި ފަދަ ޕްރޮގްރާމުތައް، އާންމުކޮށް ހިންގަމުންނެވެ. ކެލާ އތމ ކޮމިޓީއަކީ ޙަރަކާތްތެރި ކޮމިޓީއެކެވެ. މި އަހަރުގެ ބޮޑު ޢީދު ޙަރަކާތްތައް ކުލަގަދަކޮށް ކެލާގައި ފާހަގަކުރުމަށް، ކެލާ ޔޫތު ފޯރަމުން ކުރިއަށް ގެންދާ ޙަރަކާތަށް ވެސް އެ ކޮމިޓީގެ އެއްބާރުލުން ދެއްވާނެ ކަމުގެ ފެހި ސިގުނަލް ލިބިފައިވާ ކަމަށް ނުރަސްމީކޮށް ތިލައުތުރަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ކެލާ ޕިކު ނިކު ޕާކަކީ ވެސް، ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެންގެވުމަކަށް ހެޔޮއެދޭ ފަރާތަކުން ކޮށްދެއްވާފައިވާ ވަރަށް ބޭނުންތެރި މަސައްކަތެކެވެ.

ކެލާ ވަޙީދު

ތަޢުލީމީ ދާއިރާގެ ޚިދުމަތުގެ ދަތުރު ވަޙީދު ފެއްޓެވީ 1988 ވަނަ އަހަރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭގެ ފަހުން އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވިއެވެ. 11 އަހަރުގެ ޚިދުމަތަށް ފަހު އެ މަރުކަޒު ދޫކުރައްވާ 1999 ގައި އަމިއްލަ ރަށް ކަމުގައިވާ ކެލާ، ޝައިޚް އިބްރާހީމް ސުކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމަށް ބަދަލުވެ، ފަހުން އެ ސުކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލުކަން ވެސް ކުރެއްވިއެވެ. 2012 ވަނަ އަހަރު ކެލާ ސުކޫލުގެ ވަޒީފާއިން ވަކިވެ 7 އަހަރަށް ވުރެ ގިނަ ދުވަހު ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ތަޢުލީމީ ދާއިރާ ދޫކުރެއްވީ ގާތް ގަނޑަކަށް 4 އަހަރު ދިވެހި މުދައްރިސެއްގެ ގޮތުގައި ކަލާފާނު ސުކޫލުގައި މަސައްކަތް ކުރެއްވުމަށް ފަހުގައެވެ. ޖުމުލަ 36 އަހަރު ތަޢުލީމީ ދާއިރާގައި ވަޙީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އިތުރު ލިޔުން

ކޮމެންޓްކުރުމަށް

ތިބޭފުޅާގެ އީމެއިލްއެޑްރެސް ޕަބްލިޝެއް ނުކުރާނެ Required fields are marked *

Back to top button